
މިހެން ވިދާޅުވީ ބުދަ ދުވަހު މާފުށީ ޖަލުގައި ބޭއްވި "ކަރެކްޝަނަލް އޮފިސާ ޓްރޭނިން ޕްރޮގްރާމް" ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮމިޝަނަރު ޒަރީރު ވިދާޅުވީ ޖަލުތަކުގައި މަސައްކަތްކުރަމުން ގެންދާ ހީވާގި، މުރާލި އޮފިސަރުން މި މަސައްކަތްކުރަމުން ގެންދަނީ މުޅި ގައުމުގެ މަސްލަހަތަށް ކަމަށެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ "ކަރެކްޝަނަލް އޮފިސާ ޓްރޭނިން ޕްރޮގްރާމް"ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަލީ އިހުސާން
ހޯމް މިނިސްޓަރު އަލީ އިހުސާން މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރާއްޖޭގެ ޖަލުތަކަކީ ދުނިޔޭގެ އެކި ޖަލުތަކާ އަޅާބަލާއިރު ފެންވަރު ރަނގަޅު ޖަލުތަކެއްކަމަށެވެ. އަދި ދަސްވެނިވި ބެޗްގެ އޮފިސަރުންނާ މުހާތަބު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ އޮފިސަރުން ގުޅެނީ ހިންގުން ހަރުދަނާވެފައިވާ މުއައްސަސާއަކާ ކަމަށާއި ޒިންމާ އަދާކުރުމުގައި އިންތިހާއަށް ރަނގަޅަށް ޒިންމާ އަދާކުރާ މުއައްސަސާއަކާ ކަމުގައެވެ.