ރައީސް އެކްސްގައި، އަރަބި ބަހުން ކުރެއްވި ޕޯސްޓެއްގައި، ސައޫދީ އަރަބިއްޔާގެ މި އޯގާތެރިކަން ސިފަކުރައްވާފައިވަނީ، ހިތަށްވެސް ގެންނަންދަތި، މަތިވެރި ހިދުމަތްތަކެއްގެ ގޮތުގައެވެ. އަދި ހުއްޓުމެއްނެތި ކުރައްވަވާ ބުރަ މަސައްކަތްޕުޅެއްގެ ގޮތުގައެވެ.
ސައޫދީ އަރަބިއްޔާގެ ދީލަތި ރައްޔިތުންނަށް އިސްލާމްދީނަށް ހިދުމަތްކުރުމުގެ ތައުފީގު އަބަދުމެ ދެއްވުން އެދި ދުއާ ކުރައްވާފައި ވެއެވެ. އަދި މި އިހްސާންތެރި ހިދުމަތުގެ ހެޔޮ ދަރުމައާއި ސަވާބު މިންވަރު ކުރެއްވުން އެދިވަޑައިގެންފައިވެއެވެ.