ހައްޖުގެ އެންމެ މުހިއްމު ރުކުންކަމުގައިވާ އަރަފާތުގައި މަޑުކުރުމަށްފަހު ރޭ މުޒްދަލިފާގައި ރޭކުރުމަށްފަހު ދިވެހި ހުރިހާ ހައްޖުވެރިން އެނބުރި މިނާ ފޭލިގެތަކަށް މިއަދު ފަތިހުގެ ވަގުތެއްގައި ވަނީ ގޮސްފައެވެ.
މިހާރު ހައްޖުވެރިން ދަތުރުކުރަމުން ދަނީ ޖަމްރާއަށް ހިލަ އުކަން ދިއުމަށްކަމަށް ހައްޖު މިޝަންއިން ބުނެއެވެ. ޖަމްރާއަށް ހިލަ އުކުމަށްފަހު އަނެއްކާވެސް ހައްޖުވެރިން އަންނަނީ މިނާ ފޭލިގެތަކެށެވެ. އަދި ހައްޖުމަހުގެ 11، 12 ގައި މިނާ ފޭލިގެތަކުގއި ރޭކުރުމަށްފަހު އެންބުރި މައްކާ ހޮޓަލަށް ދާނީ 13 ވަނަ ދުވަހުއެވެ.
މިއަހަރު ދިވެހިރާއްޖެއިން 1000 މީހުން ވަނީ ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ.