ads
ދިވެހީން ތިބީ ފަލަސްތީނާ އެކުގައިކަން ހާމަކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން - ފޮޓޯ:ހޯމް ގެލެރީ
އިސްރާއީލް ޕާސްޕޯޓް މަނާކުރުމުން ޓޫރިޒަމަށް އަސަރެއް ނުކުރި: ފޮރިން މިނިސްޓަރު
އިސްރާއީލް ޕާސްޕޯޓް މަނާކުރުމުން ޓޫރިޒަމަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
Advertisement

އިސްރާއީލުން ފަލަސްތީނުގެ ގައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމުގެ ސަބަބުން، ރާއްޖެއަށް ނާދެވޭގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރުން އެހެން ގައުމުތަކުންވެސް ބަލައިގަތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އިސްރާއީލް ޕާސްޕޯޓު މަނާކުރުމާ ގުޅޭގޮތުން ރާއްޖެއިން މަޝްވަރާކުރި ހުރިހާ ގައުމަކުން ވެސް އެ ފިޔަވަޅު ބަލައިގަތް،" ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު ވިދާޅުވީ، އިސްރާއީލް ޕާސްޕޯޓު މަނާކުރުމަކީ ރައްޔިތުން އެދެމުން ދިޔަ ބަދަލެއް ކަމަށެވެ. މީގެ އިތުރުން މިއީ ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކުން މީގެ ކުރިން ކޮށްފައިވާވަރުގެ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ފަލަސްތީނުގެ ރައްޔިތުންނާ ދިވެހިންގެ އޮތީ އަހުވަންތަ ގުޅުމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ދަށުން އެންމެ އިސްކަމެއް ދޭ ކަމަކީ ދިވެހި ގައުމާއި ދިވެހީންގެ މަސްލަހަތުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އިސްރާއީލް ޕާސްޕޯޓު މަނާކުރަން ވަޒީރުންގެ މަޖިލީހުން ނިންމައި، ސަރުކާރުން އެކަން އިއުލާނުކުރީ މިދިޔަ އަހަރުގެ ޖޫން ދެވަނަ ދުވަހުއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް