ads
އުއްޗު ކަމަދޫގައި އަދި ކުރީގެ އީދެއްގައި ޒާރާ
ކަމަދޫގެ އީދު ކުޅިވަރުތަކަށް އުއްޗުގެ ހާއްސަ ޒިޔާރަތެއް
ކަމަދޫގައި ކުރިއަށްދާ ބޮޑު އީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ކަމަދޫއަށް ހާއްސަ ޒިޔާރަތެއް ކުރައްވައިފިއެވެ.
Advertisement

އީދު ފުރަތަމަ ދުވަހުގެ ކުޅިވަރުތައް ބެއްލެވުމަށް އުއްޗު ކަމަދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

މިދިޔަ އަހަރު ހަފްތާއެއްހާ ދުވަހުގެ އީދު ހަރަކާތްތަކަށްފަހު ކަމަދޫ ވަނީ މުޅި ރާއްޖެއަށް މަގުބޫލުވެފައެވެ. އަދި ކަމަދޫގެ އީދު ކުޅިވަރުތަކުގައި އެންމެ މަޝްހޫރުކޮށް ނަން ވިދާޅި ޒާރާ އާއި މީދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިއާ ސަން ސިޔާމް ވަނީ ކައިވެނިވެސް ކުރައްވާފައެވެ. ނަމަވެސް މި އަހަރު އީދު ކުޅިވަރުތަކުގައި ޒާރާ ބައިވެރިއެއް ނުވެއެވެ. 

ނިމިދިޔަ ބޮޑު އީދުގައި އެންމެ ބޮޑަށް ފާހަގަކުރެވުނު ރަށަކީ ކަމަދޫކަން ފާހަގަކޮށްލެވެއެވެ. ކަމަދޫގެ އީދު ކުޅިވަރުތަކުގެ ތެރެއިން ހާއްސަކޮށް ފާހަގަކޮށްލެވުނީ އީދު ކުޅިވަރު ފެށުމަށް ބޭއްވި ސްޓޭޖް ޝޯއެވެ. މި ޝޯއިން ރަށުގެ އިސް ރަށްވެހިންނާއި ރަށަށް ހިދުމަތްކުރާ މީހުންނާމެދު ބަހައްޓާ ގާތްކަން ވަނީ ހާމަވެގެން ގޮސްފައެވެ.

ސަގާފީ އަދި ހިތްގައިމު އީދެއް ފެނުނު ރަށެއްގެ ގޮތުގައި ކަމަދޫ ފާހަގަކުރެވުމާއެކު، ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ ބަޔަކު ވަނީ އެރަށުގެ އީދު ކުޅިވަރުތައް ބަލައިލުމަށް އެރަށަށް ޒިޔާރަތްކޮށްފައެވެ. އޭގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިޔާ އުއްޗުވެސް ހިމެނުމުން ކަމަދޫގެ އީދު ކުޅިވަރުތަކަށް އިތުރު ކުލަގަދަކަމެއް ލިބިގެން ދިޔައެވެ

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް