
ރީޖަނަލް އެއާޕޯޓް ކޮމްޕެނީގެ އެމްޑީ އަހުމަދު މުބީން ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މައްސަލަ ހައްލުކުރެވި އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފެށިފައިވާ ކަމަށެވެ. އަދި ފަސެންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާ ކަމެއް އާރުއޭސީއެލް އިން އަބަދުވެސް ކަށަވަރުކުރާނެކަމުގެ ޔަގީންކަން ދީފައިވެއެވެ.
މި ޓެކްނިކަލް މައްސަލައިގެ ސަބަބުން މޯލްޑިވިއަން ފްލައިޓްތަކަށް ބޮޑު އަސަރެއް ކުރިއެވެ. އެ އެއާލައިނުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ، ފުނަދޫ އެއާޕޯޓް ބަންދުކުރަން ޖެހުނު ސަބަބާ ގުޅިގެން އެދުވަހު ޝެޑިއުލްކޮށްފައިވާ ފްލައިޓްތައް އޮޕަރޭޓް ނުކުރެވޭނެ ކަމަށެވެ. ދަތުރުތަކަށް އަސަރުކުރި ފަސެންޖަރުންނަށް ދަތުރުކުރެވޭނެ އެހެން ގޮތްތަކެއް ހަމަޖެއްސުމަށް އެ އެއާލައިނުން މަސައްކަތް ކުރަމުންދިޔަ ކަމަށް އެއާލައިނުން ބުނެފައިވެއެވެ.