މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ހޫނުވެ، ދިރުންތަކަށް އަސަރުކުރަމުންދާ ކަމަށާއި ގޮނޑުދޮށްތައް ގިރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ކަނޑުތަކުގައި އުޅޭ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޒުމު އާކުރަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކޮންމެ އަހަރެއްގެވެސް ޖޫންމަހުގެ 8 ވަނަދުވަސް ފާހަގަކުރަމުން އަންނަނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ ކަނޑުތަކުުގެ ދުވަސް ފާހަގަކުރަން ކަނޑުތަކާއި ބެހޭ މިނިސްޓްރީން އަންނަނީ ކުއިޒެއް ކުރިޔަށް ގެންދަމުންނެެވެ. މި ކުއިޒްގައި ހިމެނޭ ކޮންމެ ސުވާލަކަށް ޖަވާބު ދީގެން އެއްވަނަ އަށް ދާ ފަރާތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.