ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަހަރު ހައްޖަށް ގޮސްފައިވަނީ އުމުރުން ދުވަސްވީ މީހުން ކަމަށްވިޔަސް، އެންމެންގެ ކިބައިން ފެނިފައިވަނީ ހައްޖުގެ އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުމަށް އޮތް ވަރުގަދަ ރޫހެވެ.
އަރަފާތަކީ ހައްޖުގެ އަޅުކަމުގެ އެންމެ މުހިންމު ރުކުން ކަމަށްވާއިރު، އަރަފާތް ނުލިބިއްޖެނަމަ ހައްޖު ފުރިހަމަ ނުވާނެއެވެ.
ބަލި ހާލުގައި ތިބި ހައްޖާޖީންނަށްވެސް އެންމެ ފުރަތަމަ ވަގުތު އަރަފާތަށް ވަދެވިފައިވާ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މިއަހަރު ހައްޖަށް ދިޔަ ދިވެހިން ސައުދީގައި 18 ދުވަހާއި 19 ދުވަހަށް ތިބޭނެއެވެ. ފާހަގަކޮށްލެވޭ ކަމަކީ، މިއަހަރުގެ ހައްޖާޖީންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންވެސް ހިމެނޭ ކަމެވެ.