ads
ފިޝަރީޒް މިނިސްޓަރު ޝިޔާމް
މޫސުމީ މައްސަލަތަކުގެ ހައްލު އޮތީ ދުނިޔޭގެ ފެންވަރުގައި މަސައްކަތް ކޮށްގެން: ޝިޔާމް
މޫސުމީ ގޮތުން ދިމާވާ ގޮންޖެހުންތަކަކީ ދުނިޔޭގެ ފެންވަރުގައި މަސައްކަތްތަކެއް ކޮށްގެން ނޫނީ ހައްލުނުކުރެވޭނެ ކަންތައްތަކެއް ކަމަށް، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
Advertisement

ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބާގައި ނެރުއްވި ހިތޯބެއްގައި މިނިސްޓަރު ވިދާޅުވީ، މޫސުމީގޮތުން ދިމާވަމުންދާ ގޮންޖެހުންތަކަކީ ދުނިޔޭގެ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިގެން މެނުވީ ހައްލު ކުރެވޭނެ މައްސަލައަކަށް ނުވާ އިރު، ބަވަނަ ވަމުންދާ އަދުގެ ދުނިޔޭގައި މިކަމަށް އަވަސް ހައްލެއް ގެނައުމަށް ހުރި ގޮންޖެހުންތައް ގިނަ ކަމަށެވެ.

އެކަމަކު ބަވަނަވަމުން އަންނަ ދުނިޔޭގައި މި ކަމަށް އަވަސް ހައްލެއް ގެނައުމަށް ހުރި ހުރަސްތައް ގިނަކަން ފާހަގަ ކުރެއްވި އެވެ. އެކަމަށް އޮތް ހައްލެއްގެ ގޮތުން މިނިސްޓަރު ވިދާޅުވީ މޫސުމީ ބަދަލުތަކަށް ހޭނި، އެކަމުން ލިބޭ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތައް ގައުމީ ފެންވަރުގައި އަޅައި ދުރާލާ ތައްޔާރުވުމެވެ.

"މޫސުމީ ބަދަލުތަކަށް ހޭނި އެކަމުން ލިބޭ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތައް ގައުމީ ފެންވަރުގައިވެސް އަޅައި ދުރާލައި ތައްޔާރުވާންޖެހޭ. އަޅުގަނޑުމެންގެ ކަނޑުގެ މާހައުލު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ފަރުދީ ޒިންމާ އަދާކުރުމާއެކު، ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމުގައި ނޫއިގްތިސާދު އެއީ ނާރެހެއްކަމުގައި ބަލައި ކަނޑުން ލިބޭ ނަފާ އިތުރުކުރުމަށް ގުޅިފައިވާ ސިނާއަތްތައް ސިންދަފާތުކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތަކާއިއެކު ކަނޑުގެ ވެއްޓަށްކުރާ ނޭދެވޭ އަސަރުތައް ކަމަށެވެ.

ކަނޑުގެ މައްޗަށް ބަރޯސާވެފައިވާ މުހިއްމު ސިނާޢަތްތައް ކަމަށްވާ މަސްވެރިކަމާއި، ފަތުރުވެރިކަމާއި ކަނޑުގެ މާހައުލުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް މަސައްކަތްކުރާ ފަރާތްތަކުން ކަނޑުތަކުގެ ދުޅަހެޔޮކަމާއި ދިރުންތައް ރައްކާތެރިކުރުމާބެހޭ މުހިއްމު މައުލޫމާތު އެއްކޮށް، އެމައުލޫމާތު ބަދަލުކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމްކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އަދި މިއީ، ކަނޑުގެ މާހައުލު ބެލެހެއްޓުމުގައްޔާއި ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ފިޔަވަޅުތައް އެޅުމުގައި މުހިއްމު ދައުރެއް އަދާކުރާނެ ވަސީލަތަކަށް ވާނެކަމަށް އޭނާ ވިދާޅުވި އެވެ.

އދ. ގެ ޑެކޭޑް އިފް އޯޝަން ސައިންސް ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓުގެ ގޮތުގައި މި ގުނާ އަހަރު ފާހަގަކޮށްފައިވަނީ ކަނޑުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގައި ފުރިހަމަ ސައިންޓިފިކް މައުލޫމާތު ހޯދަން މުޅި ދުނިޔެއިން މަސައްކަތްކުރާ އަހަރުތަކެއްގެ ގޮތުގަ އެވެ. އޭގެ ދަށުން ރާއްޖެއިން ވެސް ދަނީ ކަނޑުފަޅާއި ފަރު އަދި މި މާހައުުލުތަކުގައި ދިރުންތަކާ ގުޅޭ ދިރާސާތައް ހަދައި އެކަމަށް ބޭނުންވާ މީހުން ބިނާކުރުމާއި އާ ޓެކްނޮލޮޖީ އީޖާދުކޮށް ތައާރަފްކުރަން މަސައްކަތް ކުރަމުންނެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް