ads
އީދުގައި ހާމާނުއައް ހެދިގެން ހުރި މީހާ
އީދު ކުޅިވަރުގައި "ހާމާނު" ހިތްހަމަނުޖެހުމާއި ރުޅިވެރިކަން އިންތިހާ
ކޮންމެ އަހަރެއްގެވެސް ބޮޑު އީދަކީ ރާއްޖޭގެ އެކި ކަންކޮޅުގައި ވަރަށް ކުލަގަދަކޮޮށް މަޖާކޮށް ފާހަގަކުރަމުން އަންނަ ދުވަހެކެވެ. ހާއްސަކޮށް އަތޮޅުތެރޭ ރަށްތަކުގައެވެ. މާލޭގައި އުޅޭ އެތައް ބަޔަކުވެސް ކަމާއި ކަންފަށާ ބޮޑު އީދަށް ދަތުރު ހަދާ އެކި ރަށްރަށަށް ފުރައިގެން ދާކަން އީދު ބަންދާ ދިމާކޮށް މާލޭ މަގުތަކަށް ނުކުމެލުމުން ސާފުވެފެއެވެ.
Advertisement

އީދުގެ ކުޅިވަރުގެ ގޮތުގައި ކުޅޭ އީދު ހުޅާއި ކޯޑިއާއި ބޮޑުމަސް ނެރުމާއި މާލީ ނެރުން މީ ދިވެހިންގެ މެދުގައި މަގްބޫލު އީދު ކުޅިވަރުތަކެވެ. މި ހުރިހާ ކުޅިވަރަކުންވެސް އެކި ގޮތްގޮތަށް ތިބޭ މާލިތައް ފެންނަ ހިނގާލުމަކީ ގިނަ ބަޔަކަށް ކަމުދާ ކުޅިވަރަކެވެ. 

ކުރިން ދެއްޔާއި ގޯންޏާއި ދަނޑި ފަނުން ފެންނަ މާލިތައް މިހާރު ވަނީ މޮޑަންވެ އެކި ގޮތްގޮތަށް ބަދަލުވެފައެވެ. އަދި މާލި ނެރުންވެސް މިހާރު ވަނީ މާލި ޕްރޭޑަށް ބަދަލުވެފައެވެ. 

ސަގާފީ ކުޅިވަރެއްގެ ގޮތުގައި ކުޅެމުން އައި މި ކުޅިވަރު މިހާރު ވަނީ މިސްރާބު ބަދަލުވެފައެވެ. މިފަހަރުގެ އީދުގައިވެސް މާލި ޕްރޭޑްތައް އެތައް ރަށެއްގައި ބޭއްވިއިރު ގިނަ ބައެއްގެ ނުރުހުން އަމާޒުވިކަމެއްވެސް މި ވަނީ މާލީ ޕްރޭޑްގައި ފެނިގެން ގޮސްފައެވެ. 

އެކަމަކީ ރަށެއްގެ މާލީ ޕްރޭޑަކުން ހާމާނު ސިފަކޮށްދޭ މީހަކު ފެނުމެވެ. މި މީހާ ހުރީ ކޮންމެ ރޯދަމަހަކު ޓީވީއެމުން ގެނެސްދޭ މުހައްމަދު ރަސޫލު ﷲ ގެ ސީރީޒުގައި ހަމާނު ދައްކާދޭ ގޮތަށެވެ. ހާމާނަކީ މޫސާގެފާނުގެ ދުވަސްވަރު އުޅުނު އަދި ގުރުއާނުގައި ފާހަގަކޮށްފައިވާ ފިރުއައުނުގެ ނުބައި ވަޒީރެވެ. 

މާލީ ޕްރޭޑުން ހާމާނު ސިފައިގައި ހުރި މީހަކު ފެނުމުން އެތައް ބައެއްގެ ފާޑުކިޔުންތަކާއި ރުޅިވެރިކަން އެކަމަށް މި ވަނީ އަމާޒުވެފައެވެ. ގިނަ ބައެއްގެ ނުރުހުން އަމާޒުވީ އިސްލާމު ދީނުގައި އަންނަ އެންމެ އުފާވެރި އެއް މުނާސަބަތުގައި ކާފިރުންގެ ތެރޭގައި ހުރި ބޮޑެއް ޝާމިލުކޮށް އޭނާ ޕްރޮމޯޓްކުރުމުންނެވެ. 

މާލީގެ ގޮތުގައި ނެރުނު ހާމާނު ސިފައިގައި ހުރި މި މީހާއަށް ފާޑުކިޔާ އެކަކު ސޯޝަލް މީޑިއާގައި ބުނެފައިވަނީ އެއީ އަހަރުމެން ހަނދާން ކުރަންޖެހޭ މީހެއް ނޫންކަމަށެވެ. އަދި ކުޅިވަރު ކުޅެން ނޭގޭނަމަ ނުކުޅޭށޭ ބުނެ އެމީހާގެ ނުރުން ސޯޝަލް މީޑިއާގައި ވަނީ ބަންޑުން ކޮށްލާފައެވެ. 

" މާތް ﷲ އަށް ޝުކުރުވެރިކަން މުއުމިނުންނަށް ޝަރުއުކުރެއްވި އީދު ދުވަސްތަކުގައިވެސް ބައެއް މީހުން ފާޅު މިކުރަނީ މާތް ﷲ ލައުނަތް ލައްވައި ޖަހަނަމްގެ އަނގުރު އަލިފާން ކަށަވަރުވެފައިވާ ހާމާނު ފަދަ ރަތްލާޖެހި ކުފުރުގެ ޝިއާރުތައް." މިކަމާއި ނުރުހުން ފާޅުކުރި އެހެން މީހަކު ބުނެފައިވެއެވެ. 

މުނިފޫހިފިލުވުމުގެ ނަމުގައި ކޮމްޕްރޮމައިޒް ކުރާވަރަކަށް އަޅުގަނޑުމެންނަކީ ކޮންބައެއް ކަން ހަނދާން ކުޑަވެގެންނުވާނެ އިތުރު މީހަކު ސޯޝަލް މީޑިއާގައި ލިޔެފައިވެއެވެ. 

ކޮންމެއަކަސް އީދުގައި ދިވެހިން ކުޅެމުން އައި ސަގާފީ ކުޅިވަރުތަކަކަށް އެހެން ހިނަޔިތައް ވަދެ އޭރުގެ އަސްލު ގެއްލުމަކީ ގިނ ބަޔަކު އެދޭކަމެއް ނޫންނެވެ. މިއަދުވެސް މި ކުޅިވަރުތައް ބަލާލަން ނުކުންނަ ގިނަ މީހުންގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނާއި ޒުވާނުންނެވެ. އެމީހުން ނުކުންނަކީ ދިވެހިންގެ އޭރުގެ ސަގާފަތާއި އޭރތު ދިވެހިން އީދު ފާހަގަކުރަން ކުރި ކަންކަން ބަލާލާށެވެ. އަދި އީދު ކުޅިވަރުތައް ިއސްތިހާރުވެސް ކުރަނީ މި ނަމުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް