
ހައްޖުގެ އަޅުކަމަށް ރައީސްގެ ދެ ކަނބަލުން ސައުދީއަށް ވަޑައިގަތީ މިދިޔަ މަހުގެ 31 ވަނަދުވަހުއެވެ.
ރައީސްގެ ގެ ދެކަނބަލުން ހައްޖުގެ އަޅުކަން ފުރިހަމަކުރެއްވުމަށްފަހު ސައުދީ މިއަދު ހެނދުނު ވަނީ ފުރާވަޑައިގެންފައެވެ. ޖިއްދާ އެއާޕޯޓުން އެމަނިކުފާނަށް އަލްވަދާއު ވިދާޅުވީ ޖިއްދާގެ ގަވަރުނަރު ހިޒް ހައިނެސް ޕްރިންސް ސައުދު ބިން އަބްދުالله ބިން ޖަލާވީ އަލް ސައުދުއެވެ.
ރައީދސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ސައޫދީ އަރަބިއްޔާގެ ވަލީއްހްދު އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދާ ބައްދަލުކުރައްވާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިއާގެ ވަލީ އަހުދުގެ ނައިބް ޕްރިންސް މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް
މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ، ސައޫދީ ސަރުކާރުން ދެއްވަމުން ގެންދަވާ މެހުމާންދާރީއަށާއި އެއްބާރުލެއްވުމަށްޓަކައި އަދި އެންމެހައި ހައްޖާޖީންނަށް ފޯރުކޮށްދެއްވި ފުރިހަމަ ހިދުމަތަށްޓަކައި، މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ހިޒް މެޖަސްޓީ ކިންގް ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދަށާއި ވަލީއަހްދަށް، ނިހާޔަތަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން ސައޫދީ އަރަބިއްޔާގެ މިނިސްޓަރު އޮފް ހައްޖު އެންޑް އުމްރާ، ހިޒް އެކްސެލެންސީ ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީއާވެސް ރައީސް މުއިއްޒު ވަނީ ބައްދަލުކުރައްވާފައެވެ.