މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ މިހާތަނަށް މަސްވެރިކަމުގެ ސިނާއަތަށް ކުރެވުނު އެންމެ ބޮޑު އިންވެސްޓްމަންޓެވެ. މި އިންވެސްޓްމަންޓްގެ ތެރޭގައި ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 25،000 ޓަނަށް އިތުރުކުރުމާއި، އެކްސްޕޯޓް ކުރާ މަހުގެ ވެލިއު އިތުރުކުރުމަށް ކުރާ މަސައްކަތްތައް ހިމެނެ އެވެ.
ސަރުކާރުން ސަބްސިޑީ ދޭންޖެހޭ ސިނާއަތެއްގެ ބަދަލުގައި، ފައިދާ ލިބޭ ސިނާއަތަކަށް މަސްވެރިކަން ބަދަލުކުރުމަށް މަގުފަހިވާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން، ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި އައިސް ލިބުމުގެ މައްސަލައަށް ހައްލެއް ގެނެވޭނެ ކަމަށެވެ.