
މިކަމަށް އެއްބަސްވެފައިވަނީ މިހާރު ކުރިއަށްދާ ޔޫއެން އޯޝަން ކޮންފަރެންސްގެ ތިންވަނަ ބައްދަލުވުމުގެ ތެރެއިން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ވަނީ އެފްއޭއޯގެ ފަރާތުން ރާއްޖޭގައި ފެށި އެންކަރޑް އެފްއޭޑީސް މަޝްރޫއު ހިންގުމަށް އެފްއޭއޯއިން ދެއްވާ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިހާރުވެސް އެފްއޭއޯއިން އެކި ގޮތްގޮތުން ދެމުންގެންދާ އެހީތެރިކަންވެސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކަނޑުގެ ފުރިހަމަ ގާނޫނެއް އެކުލަވާލުމަށާއި މެރިކަލްޗާއަށް އިންވެސްޓްކުރުން ފުޅާކުރުމަށް ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
ޔޫއެން އޯޝަން ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކުރެއްވުމަށް ބައިވެރިވެވަޑައިގެންނެވީ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބުރާހިމާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ އިތުރުން ދެ މިނިސްޓްރީގެ އިސް ބޭފުޅުންނެވެ. މި ކޮންފަރެންސްގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އިތުރު ފުރުސަތުތައް ހޯދުމަށް މަސައްކަތްކުރެވިފައިވެއެވެ.