ހަބަރު /

އާތިފް ޝަކޫރު
މިިފްކޯގެ ސީއީއޯގެ އެޑްވައިޒަރަކަށް އާތިފް
މުހައްމަދު އާދަމް އަހްމަދު
10 ޖޫން 2025 - 17:08:29
މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓްގެ މަގާމަށް މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާތިފް ޝަކޫރު އައްޔަނުކޮށްފިއެވެ.
އަތިފް ވަނީ 2004 އިން 2013 ވަނަ އަހަރަށް މިފްކޯގެ އެކި މަގާމުތައް ފުރުއްވައިފައެވެ. އެގޮތުން ސޭލްސް އެންޑް މާކެޓިން މެނޭޖަރުގެ މަގާމާއި ޑެޕިއުޓީ ސީއީއޯގެ މަގާމާއި ސީއީއޯގެ މަގާމު ވެސް އާތިފް ވަނީ ފުރުއްވާފައެވެ.
މިިފްކޯގެ ސީއީއޯގެ އެޑްވައިޒަރެއްގެ ގޮތުން އާތިފް މިފްކޯއަށް ގެންނަންޖެހޭ ސްޓްރެޓެޖިކް ބަދަލުތައް ގެނައުމުގައި ލަފާދެއްވާނެއެވެ.
މިދިޔަ އަހަރު މިފްކޯގެ ސީއީއޯގެ މަގާމަށް ހުޅުވާލުމުން އެ މަގާމަށް އާތިފް ކުރިމަތިލެއްވިއެވެ. އެހެންނަމަވެސް، އެ ފަހަރު ޝަރުތު ހަމަވާ ބޭފުޅަކު ކުރިމަތިނުލައްވާ ކަމަށް ކަނޑައަޅައި ޕީސީބީން ވަނީ އެ އިއުލާން ބާތިލްކޮށްފައެވެ.
މި ސަރުކާރު ހަވާލުވި ފަހުން މިފްކޯގެ ސީއީއޯގެ މަގާމު ތިން ފަހަރަށް ބަދަލުވެއްޖެއެވެ. މިހާރު އެ މަގާމުގައި ހުންނެވީ ފަރުހަތު ޝަހީރެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް