މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ށ. ފުނަދޫ އަދި މިލަންދޫ ސްކޫލްގެ ދަރިވަރުންނަށެވެ.
ބީއެމްއެލްގެ ޓެކްނޮލޮޖީ ޑިވިޝަންގެ 10 އަންހެން މުވައްޒަފުންގެ ޓީމަކުން ވަނީ ށ. ފުނަދޫ ސްކޫލް އަދި އެ އަތޮޅު މިލަންދޫ ސްކޫލްގެ ގްރޭޑް 7 އިން 10އާ ދެމެދުގެ އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން ސެޝަންތަކެއް ބާއްވާފަ އެވެ.
މި ޕްރޮގްރާމްގައި ދަރިވަރުންނަށް އައިސީޓީ ތައާރަފްކޮށްދީ، ޓެކްނޮލޮޖީ ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭގޮތުންވެސް މައުލޫމާތު ފޯރުކޮށްދީފައިވެ އެވެ.
މި ހަރަކާތަކީ އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ ފާހަގަކުރުމުގެ ގޮތުން، ޓެކްނޮލޮޖީ ދާއިރާއިން ތައުލީމާއި ވަޒީފާގެ ފުރުސަތުތަކަށް އަންހެން ކުދިން ޝައުޤުވެރިކުރުވުމުގެ މަގުސަދުގައި ބީއެމްއެލްއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ހަރަކާތެކެވެ.
މިއީ މި ޕްރޮގްރާމް ޖެހިޖެހިގެން ބާއްވާ ހަތަރުވަނަ އަހަރެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;