މިދިޔަ މަހުގެ 10 ވަނަ ދުވަހު ސިނަމާލެ ބުރިޖުން ހުޅުމާލެއަށްދާ ލޭނުގައި ހިނގި މި އެކްސިޑެންޓުގައި ޝަޒީގެ އިތުރުން ދެ ފިރިހެނަކަށް ވެސް ވަނީ އަނިޔާވެފައެވެ.
އުމުރުން 28 އަހަރުގެ ޝަޒީއަށް އެކްސިޑެންޓާ ގުޅިގެން ފުރަތަމަ ފަރުވާދީފައިވަނީ އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައި ކަމަށްވާއިރު، އޭގެފަހުން އޭނާ ވަނީ އައިސީޔޫގައި ވެސް ފަރުވާ ހޯދާފައެވެ.
ޝަޒީގެ އެކްސިޑެންޓުގެ މައްސަލައިގައި ފުލުހުން ވަނީ ދެ ސައިކަލެއް ޓޯކޮށް، މައްސަލަ ބަލަން ފަށާފައެވެ.
ކަސްރަތާ ގުޅޭ ތަމްރީނު ހަދާފައިވާ ޝަޒީގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 13,800 އަށްވުރެ އިތުރެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;