ގެއްލިގެން ހޯދަމުން ދަޔައީ ޖަޕާނުގެ ފަތުރުވެރިޔެކެވެ. އޭނާ ޑައިވިންއަށް ފޭބީ މިއަދު ހެނދުނުގެ ވަގުތެއްގައި ކ. މާފުށީ ކައިރީގައި އޮންނަ ކަނޑޫމާ ތިލަ ކައިރިއަށް ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެ އެވެ.
ދެންމެ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި އެމްއެންޑީއެފްއިން ބުނީ އެމްއެންޑީއެފް މާލޭ އޭރިއާގެ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން މިއަދުގެ ހަވީރު 17:17 ހާއިރު ފަތުރުވެރިޔާ ނަގާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ފަތުރުވެރިޔާ ފެނުނުއިރު އޮތީ މަރުވެފަ އެވެ.
ޑައިވިންއަށް ގޮސް އުޅުމުގެ ތެރޭގައި މަދުމަދުން މީހުން ގެއްލިގެން ރިޕޯޓު ކުރެ އެވެ. އަދި ބައެއް ފަހަރުތަކުގައި ގެނބިގެން ވެސް ފަތުރުވެރިން މަރުވެފައި އެބަހުއްޓެވެ.