ads
މިނި 2023ގައި މިވަންދުވަހައީ ގުޅުވައިގެން ބޭއްވި ފުޅަނދު ބުރުގެ ތެރެއިން
މި އަހަރު މިނިވަންދުވަހުވެސް ފުޅަނދު ބުރު އޮންނާނެ
މިއަހަރުގެ މިނިވަންދުވަހުވެސް މާލޭ ފުޅަނދު ބުރު އޮންނާނެކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއިބެހޭ މިނިސްޓްރީން ބުނެފިއެވެ.
Advertisement

މި އަހަރު ފާހަގަކުރާނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހެވެ. މި ދުވަސް ފާހަގަކުރަން ކުލަގަދަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. 

އެގޮތުން މިއަހަރުވެސް މިނިވަން ދުވަހާއި ގުޅިގެން ބާއްވާ ކުޅިވަރު ހަރަކާތާއި ޤައުމީ ދިފާއީ ބާރުގެ އަސްކަރީ ހިނގާލުމުގެ އިތުރުން ފުޅަނދުބުރެއްވެސް އޮންނާނެކަމަށް މިނިސްޓްރީން ބުނެއެވެ.

މި އަހަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމުގައިވާތީ މި އަހަރު އާންމުކޮށް ބޭނުންކުރާނެ ލޯގޯއެއް ފަރުމާ ކުރުމަށް މިނިސްޓްރީން މިހާރުވެސް ވަނީ ހުޅުވާލާފައެވެ. ލޯގޯ ކުރަހަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މާދަމާގެ ނިޔަލަށް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. 

ހުށަހަޅާ ލޯގޯތަކުގެ ތެރެއިން އެންމެ މޮޅު ލޯގޯއެއް ކަނޑައަޅާނީ ފަނޑިޔާރުންގެ ޕެނަލަކުން ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެއްވަނައަށް ހޮވޭ ލޯގޯ ފަރުމާ ކުރާ ފަރާތަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއްވެސް ވަނީ ހުށަހަޅާފައެވެ.

މިނިސްޓްރީން އާއްމުކޮށްފައިވާ އުސޫލުގައިވާ ގޮތުން، ލޯގޯ ފަރުމާ ކުރުމުގައި ބަލަން ޖެހޭ ކަންކަމުގެ ތެރޭގައި ދިވެހި ދައުލަތުގެ އެވޭލޭކަމާއި މިނިވަންކަމުގެ 60 އަހަރު ރަމްޒުކޮށްދިނުން ފަދަ ކަންކަން ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް