
މި ކާމިޔާބީ ފާހަގަކުރުމަށް އޮލިމްޕަހުގައި ޕްރީ ރިލީޒް އިވެންޓެއްވެސް ބާއްވާފައިވެއެވެ.
މި ޖޫން މަހުގެ 17 ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާ އިވެންޓުގައި ބުނެފައިވަނީ އަމާޒަކީ ފިލްމު "ޔޫސުފް" ގެ ރިކޯޑު މުގުރާލުން ކަމަށާއި، އެ ޓާގެޓް މިހާރު ގާތްގަނޑަކަށް ހާސިލްވެފައިވާ ކަމަށެވެ. "ޔޫސުފް" ގާތްގަނޑަކަށް 17 ޝޯ ހައުސް ފުލްވެގެން ދެއްކިއިރު "ސޮރީ" 50 ޝޯ ދެއްކުމަށް އަމާޒު ހިފާފައިވާކަން އޭނާ ވަނީ ބުނެފައެވެ.
ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުގައި ރާއްޖޭގެ ފިލްމީ ދާއިރާގެ މަޝްހޫރު ތަރިން ކަމަށްވާ ޔޫސުފް ޝަފީޢު (ޔޫއްޕެ) އާއި މަރިޔަމް އައްޒަ ފަދަ ތަރިން ބައިވެރިވެފައިވެއެވެ. ފާހަގަކޮށްލެވޭ ކަމަކީ، "ސޮރީ" އަކީ ނަހުލާ ފިލްމު ޕްރޮޑިއުސްކުރުމުން ބޮޑު ބްރޭކެއް ނެގުމަށްފަހު 2017 ވަނަ އަހަރުން ފެށިގެން އާންމުންނަށް ދޫކޮށްލާ ފުރަތަމަ ފިލްމެވެ.