މި އަހަރުވެސް ރައްޖެއިން ވަނީ 1000 މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެފަ އެވެ.
އަހަރު ހައްޖަށް ދިޔަ ހައްޖާޖީން ރާއްޖެ އަންނަނީ 4 ގްރޫޕަކަށް ބަހާލައިގެންނެވެ. ފުރަތަމަ ގްރޫޕްގައި ހިމެނޭ 250 ހައްޖާޖީން މިދިޔަ ހުކުރު ދުވަހު ވަނީ ރާއްޖެ އައިސްފަ އެވެ. ދެވަނަ ގްރޫޕްގެ ހައްޖުވެރިން ރާއްޖެ އައީ ރޭ ގެ ވަގުތެއްގަ އެވެ.
ބާކީ ތިތި ހާޖީން މާލެ އަންނާނީ މާދަމާގެ ވަގުތެއްގައި އެވެ.
ހައްޖުވެރިން އެނބުރި މާލެ އަންނައިރު މަރުހަބާ ކިޔަން ވީހާ ވެސް މަދުން އެއާޕޯޓަށް މީހުން ދިއުމަށާއި ހައްޖުން އައިސް އެއްވުންތަކަށް ނުގޮސް މަޑުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.