
ޕީއެންސީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ މަޖީލިލީހުގެ މާލިއްޔަތު ކޮމިޓީން ހެދި ދިރާސާތަކުން ފާހަގަވީ ސަރުކާރުގެ ކޮންމެ ކުންފުންޏެއް މިދިޔަ ސަރުކާރުގައި އޮތީ ތިން ބިލިއަން ނުވަތަ ހަ ބިލިއަނުން ދަރާފައިވާ ކަންކަމަށެވެ.
ރާއްޖޭގެ އިގްތިސާދު ހަަމައަކަށް ނޭޅުވިގެން އުޅެނީ މިދިޔަ ސަރުކާރުތަކުގައި ނަގާފައިވާ ދަރަނީގެ ބޮޑުކަމުންނާއި ރަށްތަކާއި ފަޅުތައް ވިއްކާފައި އޮތް ވަރުން ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ، އެގޮތަށް ނުއަގުގައި ވިއްކާލައިގެން ދައުލަތަށް ފައިސާ ހޯދަން ބޭނުންވާ ނަމަ، ވިއްކާލެވިދާނެ ބައިވަރު ފަޅު ރަށްތަކާއި ފަޅުތައް ވެސް ރާއްޖޭގައި އެބަހުރި ކަމަށާއި ގަންނާނެ މީހުން ވެސް ބައިވަރު އެބަތިބި ކަމަށެވެ. އަދި އެ ތަންތަން ވިއްކާލައިގެން ރައީސް މުއިއްޒަށް ވެސް ހަމަޖެހިލައިގެން އިންނެވޭނެ ކަމަށާއި އޭރުން ޑޮލަރުގެ ދަތިކަމެއް ވެސް، ދައުލަތަށް ބޭނުންވާ ފައިސާގެ ދަތިކަމެއްވެސް ކުރިމަތިނުވާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.