ނަރުދޫ އަމާޒު ބޯޓުގައި މަސައްކަތްކުރަމުން އަންނަ މީހަކު ކޮވިޑް 19 އަށް ޕްޒިޓިވްވިކަން އެރަށު ޓާސްކްފޯހަށް އެޗްޕީއޭއިން އަންގާފައިވަނީ މިއަދު އެވެ.
އެހެންކަމުން މި މަހުގެ 16 ވީ ބުރާސްފަތި ދުވަހު އަމާޒު ބޯޓުން ޅައިމަގު ބަޔަކު ދަތުރުކޮށްފައިވާތީ އެ ފަރާތްތަކުން ގޭގައި ކަރަންޓީނުވުމަށް އެ ރަށު ކައުންސިލުން ވަނީ އަންގާފަ އެވެ. އަދި އެ ރަށު ކައުންސިލުން ވަކި ގޮތެއް އަންގަންދެން ގޭ ބޭރަށް ނުނިކުތުމަށް ވެސް ވަނީ އަންގާފަ އެވެ.
އަމާޒު ބޯޓު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އެ ބޯޓު މާލެއިން ފުރީ މާލެ ލޮކްޑައުން ކުރި ދުވަހެވެ. އެ ދުވުހަކީ މާލެއިން ބައްޔަށް ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވީ ދުވަހެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް މިހާތަނަށް ޖުމްލަ 137 މީހުން ޕޮޒިޓިވްވެފައިވާއިރު މިއަދު ނުވަ މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ.