ads
ކުށުގެ ސަޒާ - 30 ވަނަ ބައި
އެޕިސޯޑް 30 (އެންމެ ފަހު އެޕިސޯޑް)
Advertisement

ފިޒާގެ އިނގިލިތަކުން ތާބިޝްގެ މަޑުމަޑު އިސްތަށިގަނޑާއި ކުޅެލި އެވެ. ލުއި ފިރުމުންތަކާއެކު ކަންފަތުގައި، ތުންފަތްބީހޭހައި ގާތްވެފައި ބުނެލި އެވެ.

"މިހުރިހައި ކަމެއްގެ ތެރެއިން އިބްރަތްހާސިލްކުރީ އަހަރެން.. ތާބިޝްގެ ހިތުގެ ސާފުކަމާއި ލޭގެގުޅުން ތާބިޝްއަށް މުހިއްމު މިންވަރު އަހަރެން ބަލައިގަތިން.. ތާބިޝް ކިބައިން ވަރަށް ރަގަޅަށް އެކަން ދަސްކުރިން..! ތިޔަށްވުރެން މާތް ހިތެއްގެ ވެރިޔަކު އަހަރެން ދުވަހަކުވެސް ނުދެކެން.. ތާބިޝްއަކީ އަހަރެންގެ ފިރިމީހާ ކަމަށްވީތީ އަހަރެން ފަހުރުވެރިވާ މިންވަރު ހާމްކޮށްދޭނެ އިބާރާތެއް ނުވަތަ އެފަދަ ލަފްޒުތަކެއް އަހަރެންގެ އިލްމުގައި ނެތް..! ވަރަށް ލޯބިވޭ.. ވަރަށް ބޮޑަށް ލޯބިވޭ... ތާބިޝްގެ މަންމަ އެންމެ ބޭނުންވާނެ ފަދައިން، އަހަރެންގެ ފުރާނައިގައި ވިންދު ހުރިހައި ހިނދަކު، މި ގެ އާއި އަދި މި އާއިލާ އަހަރެން ބަލަހައްޓާނަން.. އާއިލީ ގުޅުމާއި ގެދޮރުގެ ހަމަޖެހުމާއި ގޭތެރޭގެ އުފަލަކީ އަހަރެންގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއްކަމަށްވާތީ އެ ވާޖިބު އެންމެ ފުރިހަމައަށް އަދާކޮށްދޭނަން.. ތާބިޝްގެ ހަޔާތުގެ ބައިވެރިޔަކަށް ފިޒާ އިހްތިޔާރުކުރުމަކީ ފަހްރެއްކަމުގައި މި އާއިލާއަށް އަހަރެން ސާބިތުކޮށްދޭނނަން.. ޝަކުވާކުރުމުގެ ފުރުސަތަށް މި ގުޅުމުގައި ޖާގައެއް ނުދީވޭތޯ އަހަރެން މަސައްކަތްކުރާނަން.. ޔާﷲ މި ކަމުގައި މިއަޅާއަށް ކާމިޔާބު ދެއްވާންދޭވެ..! ތާބިޝްގެ ހިނިތުންވުން ފަނޑުނުކުރައްވައި ތާއަބަދަށް ފުރިހަމަ ސިއްހަތާއި ކާމިޔާބު މިންވަރުކުރައްވާ، އަޅަމެންގެ އާއިލާ އުފަލުގައި ލައްވާންދޭވެ..! ތާބިޝްގެ އަންބެއްގެ މަގާމަކީ މިއަޅާއާއި މި އާއިލާއަށް އަމާންކަމެއްކަމުގައި ލައްވައި، ފަހުރެއްކަމުގައި މިންވަރުކުރައްވާންދޭވެ..އާމީން!" ހަމްދު އެޅުމަށްފަހު ތާބިޝްގެ ނިއްކުރީގައި މަޑުމަޑުން ފިޒާ ކިސްކޮށްލި އެވެ.

"އެންޑް އައި އެމް ލަކީ ޓު ހޭވް ޔޫ އޭޒް މައި ވައިފް ފިޒާ..!" ފިޒާގެ މަޑުމަޑު ތުންފަތް ތާބިޝްގެ ނިއްކުރިއާއި ވަކިކޮށްނުލެވިގެން އުޅެނިކޮށް ފިޒާއަށް ލިބުނީ ޝޮކެކެވެ. 

ނިއްކުރިއަށް ރޫ އަރުވާލާފައި ދެ ބުމަ ގޮއްޖަހާލާފާއި ފިޒާ ބަލައިލީ އޭނާގެ ފިރިމީހާއަށެވެ. 

"ނިދާފައެއް ނޫންތަ އޮތީ..؟؟'' މޮޔަހީވެފައި ފިޒާ ސުވާލުކުރި އެވެ.

"ބުއްދިއެއްހުރި ފިރިހެނަކު ނިދާފައި އޮވެގެން އޭނާގެ އަނބިމީހާގެ 'ކޮންފެޝަން މިސްކޮށްލާނެތަ..؟ އަހަރެން މިއީ މޮޔައެއް ނޫނޭ.." އިޝްގުން ފުރިގެންވީ ހަސްކީ އަޑަކުން ތާބިޝް ބުނެލުމުން ފިޒާގެ ތުންކޮޅު އޫކޮށްލި އެވެ. އިހްސާސްވި ލަދުވެތިކަމާއއެކު ދެ ކޯތާފަތުގެ ރަތްކަމުން ފިޒާގެ މޫނުން މަޑުމަޑު ހޫނުކަމެއް އިހްސާސްވި އެވެ.

"ތިއަށް ކިޔާއުޅެނީ ޗީޓިންގ އިނގޭ ތާބިޝް.. ދިޒް އިޒް ނޮޓް ފެއަރ.. ސިއްރު ވާހަކަ އަޑު އަހާކަށްނުވާނެ..!" ތުންކޮޅު އޫ ކޮށްލާފައި 'ބޭބީ ގޮތެއް' ދައްކާލަމުން ފިޒާ ބުނެލި އެވެ. ހަމަ އެހިނދުގައި ފިޒާގެ ތުންފަތުގައި ތިންހަތަރު ފަހަރު 'ތުނިތުނިކޮށް' ތާބިޝް ކިސްކޮށްލައިފި އެވެ.

"އައި އެމް ސޮރީ މައި ކުއީން.. އައި ވޯޒް ޓްރައިން ޓު ސްލީޕް ބަޓް ޔޯ ވޮއިސް ޑިސްޓަރބްޑް މީ... އިޓްސް ނޮޓް  މައި ފޯލްޓް"  ތާބިޝްގެ އިޝްގީ ރާގާއި ލޯބި ހަރަކާތްތަކަކީ ފިޒާގެ ހިއްސުތަކަށް ހުރި ނުރައްކަލެއްކަން އެންމެ ރަގަޅަށް އިނގޭނީވެސް ތާބިޝް އަށެވެ. އޭނާގެ އެފަދަ ހަރަކާތްތަކުން ފިޒާގެ މޫޑް ބަދަލުކޮށްލުމަށް މިނެޓެއްވެސް ނުނަގާނެ އެވެ.

"އޯހހހ... އާހްހްހް.." ފިޒާގެ ޖަޒްބާތުތަކުގައި އަމިއްލަ ކޮންޓްރޯލެއް ނެތްކަން ޔަގީނެވެ. 

ތާބިޝް އެއް ލޯ މަރައިލާފައި އިޝްގީ ގޯނާއެއް ކޮއްލީ ގަސްތުގައި ފިޒާގެ އެސްފިޔަތަށް ލައްޕާލުމަށް މަޖުބޫރުކުރުވުމަށެވެ. ލުއްކިއެއް ޖަހާފައި ގެނެސް ތާބިޝްގެ މޭމަތީގައި ފިޒާ ތަތްކޮށްލުމުން، ލަދުން މޫނު ރަތްވެގެން ދިޔައީ ކޮޓަރިތެރޭގައި ލުއި ހިނިތުންވުމެއްގެ އަޑު ގުގުމާލާފަ އެވެ. ލޯބީގެ ކުދިކުދި ގޯނާތަކުން ފިޒާގެ ހިއްސުތަށް ހޭލައްވާލުމުގައި ތާބިޝްގެ ތަޖުރިބާ ކުރިއަށްވުރެންވެސް މިހާރު ކުޅަދާނަކަމަށް ފިޒާ ގަބޫލުކުރެ އެވެ. މަޑުމަޑު އެނދުގައި އޮތް ކުއިލްޓްގެ ތެރެއަށް ފިޒާއާއިއެކު ދެމިގަތުމަށް ތާބިޝް ކުޅަދާނަ އެވެ. ދުނިޔޭގެ އެހެން އެއްވެސް ބާރަކަށް މިވަގުތު ތާބިޝްގެ އިހްސާސްތަކުގައި އަތް އަޅައި އޮއްބާލުމަކީ ކުރެވޭނެކަމެއް ނޫންކަން ހާމަކޮށްދިނީ އަތްޖެހޭ ހިސާބުގައި ހުރި ސައިޑްޓޭބަލްމަތީގައި އިން ލޭމްޕްގެ އަލި، ތާބިޝް ފަނޑުކޮށްލީތީ އެވެ. ގައިގައި ހުރި އަންނައުނު އެނދުގެ އެކިދިމަދިމާއިން އޭރު ޖާގަ ހޯދައިފި އެވެ.

.........................

"ފިޒާއާއި ބައްދަލުވުމުގެ ކުރިން އަހަންނަކީ ކުޑަކޮށްވެސް އެހެންމީހުންގެ ޖަޒްބާތުތަކަށް އިހްތިރާމްކުރި މީހެއް ނޫން.. އެކަމަކު ފިޒާ، އަހަރެންގެ އެ ހުރިހައި ސިފައެއް ބަދަލުކޮށް، އަހަރެންގެ މިޒާޖާއި އަހަރެން ގަބޫލުކުރި ފަލްސަފާތައްވެސް ބަދަލުކޮށްލީ އެއިން ކަމެއްގެ ހިލަމެއްވެސް ކޮށްނުލާ..! މަންމައާއި ރައުދުގެ ހީލަތްތެރި ރޭވުމުގެ ސަބަބުން އަހަރުމެން ދެމީހުންގެ ދިރިއުޅުން އެފުށްމިފުށަށް ޖެހިގެން ދިޔަ ވަގުތުގައިވެސް ހިތައްއެރި، ދެން އަހަރެންގެ ހަޔާތް ހަމަމަގަށް އެޅުވޭނެ ދުވަހެއް ނާންނާނެޔޭ.. ދިރިއުޅުމުގެ އުއްމީދުން އެއްކިބާވެ މާޔޫސްކަން ނޫނީ އަހަރެންގެ ހަޔާތުގައި އޭރު ނެތް..! ފިޒާ ހޯދަން އަހަރެން ނުކުރަނީ ކޮން މަސައްކަތެއް..؟" ފިޒާގެ މުޅި ހަށިގަނޑުގައި ތާބިޝްގެ ދެއަތް އޮޅާލި އެވެ. ލޯތްބާއެކު ނިއްކުރީގައި ކިސްކޮށްލަމުން ލޯ މަރައިލީ އެ ހިތްދަތި ދުވަސްތަކުގެ ހަދާންތަކުން ތާބިޝްގެ ދެ ލޯ ފެންކަޅިވީތީ އެވެ.

"ކަޔާން ނެތްނަމަ އަހަރެންގެ ހާލަތު ވެގެންދާނީ ކިހިނެއްކަމެއްވެސް ނޭގެ.. އެކަމަކު، އެކަމަކު ހިތް އަބަދުވެސް ބުނަމުންދިޔައީ ކޮންމެވެސް ދުވަހަކުން އަހަރެންގެ ފިޒާ އަހަރެން ކައިރިއަށް އަންނާނެޔޭ.. ނުކުރާ ކުށެއްގެ ސަޒާއިން އަހަރުމެން ދެމީހުންގެ ލޯބި ކަފުންކުރެވިގެން ދިޔުމަކީ ދުނިޔޭގެ އިންސާފުގެ ތަރާދުގެ މައްޗަށް ލޯބިވެރިންގެ އިތުބާރު މުޅިން ގެއްލި، އިންސާފާއި ނާއިންސާފުގެ ދެމެދުގައި ޒަލްޒަލާއެއް އުފެދޭނެ ކަމެއްކަން އަހަންނަށްވެސް އިނގޭ.. ނިކަން ދެކިބަލަ ތަގްދީރުގެ ނިޔާ..! އަހަރުމެންގެ ހިތްދަތި ވަކިވުމުގެ ނިމުން އައި ގޮތް މިރޭވެސް ހަނދާން އެބަހުރި.. އެރޭގެ އެ ޕާޓީއަށް އަހަރެން ދިޔައީ މަޖުބޫރުން..! ނުދާން ވަރަށް ބޮޑާހޭކިން.. އަހަރެންގެ ހިތާއި ދެކޮޅަށް ހަނގުރާމަކޮށް، ހަތިޔާރު ބެހެއްޓީ އެވަރުގެ ހިތްގައިމު 'ސަޕްރައިޒެއް' އެ ޕާޓީގައި އަހަންނަށްޓަކައި އިންތިޒާރުކުރަމުންދިޔަކަން އެނގިގެނެއް ނޫން.. ތަގުދީރު އަހަރެންގެ ލޯބި ގެނެސް އަހަރެންގެ ކުރިމަތީގައި ފާޅުކޮށްލިވަގުތު އަހަންނަށް ވާނެގޮތް، ފިޒާގެ ހިތަށްވެސް ނުގެނެވޭނެ..! އަހަރުމެންގެ ހިއްދަތި ވަކިވުމަކީ ނުކުރާ ކުށެއްގެ ސަޒާކަން އެނގެނީ އަހަންނަށް.. އެކަމުގެ ކުޑަވެސް ލިސާނެއް ފިޒާއަށް ލިބިފައެއް ނޯންނާނެ.. އަހަރެންގެ ލޯބި ހިބަކުރެވުނީތީ އަލްހަމްދު ލިއްލާހި..!" ލޯބިކޮށްލަމުން ފިޒާގެ މޫނުގެ އެތަންމިތަނުގައި ތާބިޝް ކިސްކޮށްލި އެވެ.

"ދުނިޔޭގެ އިތުރު އެހެން އެއްވެސް އުފަލެއް އަހަރެން ބޭނުން ނޫންކަމަށް ﷲގެ ހަޒްރަތުގައި ތަކުރާރުކޮށް ދެންނެވިން.. ވަޒީފާގެ ބަހަނާގައިވިޔަސް އަހަންނަށް މުޅި ދުނިޔެ ހާސިލްކުރެވުނީ، ތަގްދީރުގައި އެކަމަށް ފުރުސަތު އޮތީތީވެ. އަހަރެންގެ މި ހިތް ދުވަހަކުވެސް އުއްމީދު ކަންޑާނުލާ.. އެކަމަކު ސިކުނޑި ވިސްނައިދެމުންދިޔައީ ދެން އަހަރުމެން ބައްދަލު ނުވާނެކަމަށް.." ތާބިޝްގެ އަޑު ތުރުތުރު އެޅި ވަގުތުގައި ޖުމުލައިގެ ނިމުމުގެ ތެރެއިން ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަ، ހިމާޔަތްކުރީ ފިޒާގެ ދެތުންފަތެވެ.

ލޯތްބާއެކު ފިރިމީހާގެނެސް ދެއަތުގެ ތެރޭގައި ބޮނޑިކޮށްލި އެވެ. ނިއްކުރިއާއި ދެ ލޮލާއި ތުންފަތުގައި ލޯބިކޮށްލީ ފެންނަމުންދިޔައީ ހުވަފެނެއް ނޫންކަން ބުނެދިނުމަށެވެ.

"މައާފުކުރޭ.. ޕްލީޒް .. ޕްލީޒް.. މައާފްކުރޭ.. އަހަރެންގެ ތާބިޝްއަށް އަހަރެންކުރަންޖެހޭ އިތުބާރުކުރިނަމަ އަހަރުމެން އެ ހިތާމަ ކުރަން ނުޖެހުނީސް.. އައި އެމް ސޯ ސޮރީ.. ސޯ ސޯ ސޮރީ މައި ލަވް..!" ކަންފަތު ބުޑުން ފެށިގެން ކަނދުރާއާއި ކަރުދޮށާއި މޭމމަތީގައިވެސް ފިޒާގެ ތުންފަތުން ލޯބިކުރަމުން ދިޔަ އެވެ.

ލޯ ހުޅުވާލާނެ އާރެއް ބާރެއް ނެތަސް، ދެވަނަ ފަހަރަށް ފިޒާގެ ވަރުބަލިކަން އިހްސާސްކުރުވަން މިރޭ ތާބިޝް ބޭނުމެއް ނޫނެވެ. އެކަމަކު ފިޒާ ހުއްޓުވާނެ ބާރެއްވެސް ތާބިޝްގެ ހިއްސުތަކުގައި ނެތެވެ. ދެބުރު ނުވަތަ ތިންބުރަށްވިޔަސް ތާބިޝް ތައްޔާރެވެ. 

"ނުކުރާ ކުށަކަށް އެތައް ސަޒާއެއް ތަހަންމަލްކުރާންޖެހުނަސް، ދުވަހަކުވެސް އުއްމީދުކަނޑާނުލާތި.. ތެދުވެރި ލޯތްބަކީ ނިމުމެއް އޮތް އެއްޗެއް ނޫން.. މިއީ ނިމުން ނެތް އިޝްގުގެ މަސްތީ އިހްސާސެއް.." ވައިއަޑުން ފިޒާ ބުނެލީ ކަންފަތު ފޫޅުގައި މަޑުމަޑުން ދަތް އަޅާލާފަ އެވެ.

ތާބިޝްގެ 'ޖިސްމުން' އިވިގެންދިޔަ  އާހްގެ އަޑަކީ ފިޒާއަށް ލިބުނު ދައުވަތެކެވެ. ނަމަވެސް އެއިގެ ކުރީން ތާބިޝްގެ ޖުމުލަ ފިޒާއަށް މުހިއްމުވި އެވެ.

"އަހަންނަށް ދަސްވި ފިލާވަޅަކީ ދިރިއުޅުމަކީ ދެވަނަ ފުރުސަތެއް އޮތް އެއްޗެއް ނޫންކަން.. އެކަމަކު ހަގީގި ލޯތްބެއްނަމަ، ދެވަނަ އަދި ތިންވަނަ ފުރުސަތަކީވެސް ދައުވަތަކާއި ނުލައި ބައްދަލުކުރާ މެހެމާނެއް.." ދެއަތުގެ ތެރޭގައި ފިޒާ ބޮނޑިކޮށްލަމުން ތާބިޝް ބުންޏެވެ.

"ޔެސް.. އަހަރުމެންގެ ލޯތްބަކީ ދިރިހުރި މިސާލެއް.. އެކަކު އަނެކަކު ބައްދަލުވެ، އިންތިހާ ލޯބިން ދެހިތް ފުރި.. ރުހުމާއި ނުރުހުމުގެ ތެރެއިން ކައިވެނިކުރެވި.. ހިތްދަތި ވަކިވުމަކުން ދެމީހުން ވަކިކޮށް.. އިހުނަށްވުރެން މާ ގަދަފަދަ ލޯތްބަކާއެކު އަނެއްކާވެސް ތަގުދީރުން އަހަރުމެން ދެމީހުން ބައްދަލުވެ، ދިރިއުޅުން އާރާސްތުކުރެވިގެން މިދިޔައީ ހަމައެކަނި ތާބިޝްގެ ސަބަބުން.. އަހަރެންގެ ފުރާނައިގެ ކޮންމެ ސިކުންތެއް ތާބިޝްގެ ލޯބީގައި ފިދާކުރާނީ ދުނިޔޭގެ ކޮންމެ ދިމާއަކުން ބެލިޔަސް ދެވަނަ މިސާލެއް ނެތް ފަދައިން.. އަހަރުމެންގެ ދެމެދަށް ދުވަހަކުވެސް އެހެން މީހަކު ވަނުމުގެ ފުރުސަތެއް ނުދޭނަން.." ތާބިޝްގެ އަތުތެރޭގައި ބޮނޑިވެލަމުން ފިޒާ ބުންޏެވެ.

"ރިއަލީލލލލ... އަޅުގަނޑުމެންނަށްވެސް ޖާގައެއް ނެތްތޯ..؟" އިވުނު އަޑާއެކު ތެޅިގެންފައި ފިޒާއާއި ތާބިޝް ބަލައިލި އެވެ. 

"މިގަޑީގައި.. ދެމީހުން މި ރޫމްގައި ކީއްތިކުރަނީ.. ނުވެސް ނިދަންތަ..؟" ލާނެއް ފާޑަކަށް ހިނިއައިސްފައިތިބި ދެކުދިންނާއި ދިމާއަށް ތާބިޝް ބުނެލީ މޫޑީގޮތަކަށެވެ.

"މަންމަ ބުނަމެއްނުން.. ރޭގަނޑު ދަންވަރު ހޭލާނޫޅޭށޭ.. ހިނގާ ދެކުދިންގެ ކޮޓަރިއަށް.." ތާބިޝްގެ އަތުތެރެއިން ސަލާމަތްވުމަށް ފިޒާ މަސައްކަތްކުރި އެވެ. ނަމަވެސް ލާނެއްގޮތަކަށް ހިނިއައިސްފައި ކުރިއަށްވުރެންވެސް ލޯބިކޮށް ފިޒާގެ ގައިގައި ބައްދާލި އެވެ.

"ޔޫ ބޯތް އާރ އިންވައިޓެޑް.." އެއް ލޯ މަރައިލަމުން ތާބިޝް ބުނެލުމާއެކު ދެކުދިން އެނދުމަށްޗަށް ފުންމާލި އެވެ. ހުށިޔާރުކަމާއެކު ތާބިޝްގެ އަތުތެރޭގައި އޭނާގެ 'ދުނިޔެ' ރައްކާކޮށްލި އެވެ. 

"މިރޭ މިކޮޓަރީގައި ނިދަން ހުއްދަލިބުނަސް ދެން އެހެން ރެއަކުން ދަންވަރު ހޭލައިގެން ނާންނާތި.. މަންމައަށް ރިންގްކޮށްލާއިރަށް މަންމަ އަންނާނަން.." ލޯބިލޯބި އިންޒާރެއްގެ ގޮތުގައި ފިޒާ ބުނެލީ ދެ ކުދިންނާއި ދިމާއަށް ކަނާއަތުގެ ޝަހާދަތް އިނގިލިން އިޝާރާތްކޮށްފަ އެވެ.

"ޔެސްސްސް މަންމާމ.." ތާބިޝްއާއެކު އަނުމްއާއި އަނާބިޔާވެސް އެއް ރާގެއްގައި ބުނެލީ އަކުރުތަކަށް ދަމާލާފަ އެވެ.

ހިނިގަނޑު ކޮންޓްރޯލްކުރާން ފިޒާ ނުހަނު މަސައްކަތްކުރި އެވެ. ނަމަވެސް ކާމިޔާބެއްނުވި އެވެ.

އެއްމާބަނޑު އަންހެން ކުއްޖަކާއި ފިރިހެންކުއްޖަކު ފިޒާއާއި ތާބިޝްއަށް ލިބުނީ ތިން އަހަރު ކުރީންނެވެ. އެއްމާބަނޑު ދެކުދިންކަމަށްވިޔަސް  އުޑާއި ބިމާހައި ތަފާތު، ދެކުދިންގެ މިޒާޖުގައި ހުރެ އެވެ. އަނުމްއަށް ވުރެން އެތައް ގުނައެއް އަނާބިއާގެ ލާނެއްކަން ބޮޑެވެ. ތާބިޝްގެ ހުރިހައި ރީތި ސިފައެއް އަނާބިއާއަށް ލިބިފައިވާއިރު އަނުމްގެ ލޮލުގެ ބައްޓަމާއި އަނގަމައްޗާއި އަދި މިޒާޖުވެސް ގުޅިފައިވަނީ ފިޒާއާއި އެވެ.

ކަޔާންއާއި ސަވާނާގެ ދިރިއުޅުން ރާއްޖެއިން ބޭރަށް ބަދަލުކޮށްފައިވާތީ ގޭގައި މިހާރު ދިރިއުޅެނީ ތާބިޝްގެ ބައްޕައާއި އެ ދެމަފިރިންނާއި ދެކުދިންނެވެ. ގޭގެ މާހައުލަކީ ދުވަހެއްގައިވެސް ލިބިފައިނުވާފަދަ އުފާވެރި ކަމެކެވެ. ކާފަގެ ދުނިޔެއަކީ ލޯބިވާ ދެ ކާފަދަރިންނެވެ. ވިޔަފާރީގެ ހުރިހައި ޒިންމާއެއް ހަވާލުކޮށްފައިވަނީ ތާބިޝްގެ ދެމަފިރިންނާ އެވެ. ގޭގައި ހުރެގެން ދަތިކަމެއްނެތި މަސައްކަތްކުރެވޭނެ ހުރިހައި މަގެއް ފިޒާއަށް، މުހައްމަދު އަހްސަން (ތާބިޝްގެ ބައްޕަ)ވަނީ ފަހިކޮށްދެއްވާފަ އެވެ.

"މާދަމާއަކީ ކާފަގެ ބަރތްޑޭ.. ކާފައަށް ވިޝްކުރަން ފަތިސްނަމާދަށް ހޭލަންވާނެ.. އަވަހަށް ނިދަން އުޅޭ" ހަނދާންކޮށްދިނުމުގެ ގޮތުން ފިޒާ ބުނުމާއެކު ކޮޓަރިތެރެއަށް ވެރިވީ ހިމޭންކަމެވެ. ނަމަވެސް އެއީ ސިކުންތުކޮޅެއްގެ ކަމެއްކަން އެނގުނީ ދެ ދަރީން އެނދުމަތީގައި ފުންމަމުން އުފާވެރިކަން ފާޅުކުރަންފެށީތީ އެވެ.

ކުދިން ނިންދެވުމުގައި އެހީތެރިވެދިނުމަށް އެދި ފިޒާ ތާބިޝްއަށް ބަލައިލާފައި ލޮލުން އިޝާރާތް ކޮށްލި އެވެ.

"އޯކޭ އޯކޭ އޯކޭ.. ބައްޕަގެ ހެޕިނަސް، ކޮންޓްރޯލް.. ކޮންޓްރޯލް.. ކޮންޓްރޯލް.." ތާބިޝްގެ އަޑާއެކު ދެކުދިން ހިމޭންވެއްޖެ އެވެ.

"ފެމިލީ ހަގްގގގ..." ދެ އަތް ފުޅާކޮށްލާފައި ތާބިޝް ބުނެލުމާއެކު ދެ ދަރިންނާއެކު ފިޒާވެސް ތާބިޝްގެ އަތުގެތެރޭގައި ބޮނޑިވެލައިފި އެވެ. 

ޝުކުރުން ފުރިގެންވީ ހިނިތުންވުމަކާއެކު، ފިޒާއާއި ދެ ދަރިންގެ ނިއްކުރީގައި ތާބިޝް ކިސްކޮށްލި އެވެ. ލިބުނނު އުފަލުގައި  އަމާންކަމާއެކު ދެ ލޯ މަރައިލީ އުފާވެރިކަމާއެކު އެގޮތުގައި ތާބިޝްގެ އާއިލާ ފުރިހަމަ ސިއްހަތުގައި ލެހެއްޓެވުން އެދެމުންނެވެ.

"ތެދުވެރި ލޯތްބަކަށް އުވާފެރިކަމާއެކު ދާއިމީ ނިމުމެއް ނެތެވެ. އުފާވެރިކަމާއި ތެދުވެރި ލޯތްބަކީ ދުވަހަކުވެސް ނިމުމެއްވާ އެއްޗެއް ނޫނެވެ" (ނިމުނީ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް