މިނިސްޓްރީން ބުނީ 4،000 ފްލެޓަށް އެދުނު މީހުންގެ ތެރޭގައި މީގެ ކުރިން ހިންގި އެކި މަޝްރޫއުތަކުގައި ފްލެޓް ލިބުނު މީހުން ވެސް ހިމެނޭކަމަށެވެ.
އެހެންނަމަވެސް އޭގެ ތެރެއިން ބައެއް މީހުންނަށް ފްލެޓް ލިބޭނެ ކަމަށް ލިސްޓުގައި ހިމެނިފައި ކުރިން އޮތަސް ރިވިއު ކުރި ލިސްޓާ އެކު ފްލެޓް ގެއްލިފައިވާތީ އެކަން ލިޔުމުން އަންގަން ފަށާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ އެކަން ބެލީ ކަމާ ގުޅުން ހުރި އިދާރާތައް މެދުވެރިކޮށް އެއްކުރި މައުލޫމާތުގެ އަލީގައެވެ.