ads
އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ހާމަނާއީ ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާގެ ކަށުނަމާދުގައި ތެހެރާންގައި ބައިވެރިވެވަޑައިގަންނަވަނީ - ފައިލް ފޮޓޯ
ހާމަނާއީ ދުނިޔޭގައި ބެހެއްޓޭކަށް ނެތް ކަމަށް ބުނުމުން ހާލަތު އިތުރަށް ގޯސްވެއްޖެ
އީރާނާ އިޒްރޭލާ ދެމެދު ހިނގާ ހަނގުރާމައިގައި މަގްސަދަކީ އީރާންގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލުން ކަމަށް އިޒްރޭލުން ބުނުމުން މަޝްރަހު އިތުރަށް ހޫނުވެ ބަހުގެ ހަމަލާތައް ވަރުގަދަ ވެއްޖެ އެވެ.
Advertisement

އިސްރާއީލުގެ ދިފާއީ ވަޒީރު ކެޓްޒް އެ ގައުމުގެ ނޫހަކަށް ބުނީ ހާމަނައީއަކީ ޒަމާނީ ހިޓްލަރު ކަމަށާއި، "އެފަދަ މީހަކު ދުނިޔޭގައި ހުރުމަކީ މަނާކަމެއް" ކަމަށެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ ހާމަނައީ އަވަހާރަކޮށްލުމުގެ ފުރުސަތު އޮތްކަމަށް އިޝާރާތް ކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ހާމަނާއީއާ ގުޅޭގޮތުން ޔަހޫދީންނާ އެއް މޭރުމަކުން އިންޒާރު ދެއްވައިފަ އެވެ.

މިފަދަ ބަހުގެ ހަމަލާތަކެއް އީރާނުގެ އެންމެ އިސް ލީޑަރަށް ހުޅަގުން އަމާޒުކުރަން ފެށުމުން މި ވާހަކަތައް ކުށްވެރިކޮށް ރަޝިއާ އިން ބުނީ އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް މިހާރު ދެމުންދާ ހަމަލާތަކުގައި އެ ގައުމުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއީ އަވާހަރަކޮށްލައިފި ނަމަ އެކަން އާދައިގެ ގޮތަކަށް ނުނަގާނެ ކަމަށެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންގެ ތަރުޖަމާން ޑިމިޓްރީ ޕަސްކޯވް ވިދާޅުވިގޮތުގައި، ހާމަނާއީ އަވާހަރަކޮށްލުމުން ބަދަލު ހިފަން އިރާނުން ނުކުންނައިރު ހަރުކަށި ވިސްނުންތަކެއްގައި ބަޔަކު ނުކުމެދާނެ އެވެ.

އޭނާ ވިދާޅުވީ އިރާނުގެ ވެރިކަން ބަދަލު ކުރަށް އިޒްރޭލުން ކުރާ މަސައްކަތް ބަލައި ނުގަންނާނެ ކަމަށެވެ.

އިޒްރޭލްގެ ބަސްމަގު އިރާގުން ވެސް ވަނީ ކުށްވެރިކޮށްފައި އެވެ. އެގޮތުން އިރާގުގެ ޝިއީންގެ އިސް އިމާމު އާޔަތުﷲ އަލީ ސިސްތާނީ ވިދާޅުވީ އީރާނުގެ އިސްވެރިންނަށް ހަމަލާ ދިނުންފަދަ އަމަލެއް ހިންގައިފި ނަމަ މަސްރަހު ވަރަށް ގޯސްވާނެ ކަމަށެވެ. 

އެއާއެކު ބޮޑެތި ހަމަނުޖެހުންތައް އުފެދި ހަލަބޮލިކަން އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރަޙައްދީ ގައުމުތަކުން އުފުލަންޖެހޭ ތަކުލީފު އިތުރުވެ، މައްސަލައިގައި ހިމެނޭ އެންމެހާ ފަރާތްތަކުގެ މަސްލަހަތަށް ބުރޫއަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިޒްރޭލަށް އަބަދުވެސް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އިން އޮތީ ހަމަނުޖެހުންތަކުގެ ތެރެއަށް ވަނުމަށް ތައްޔާރު ވެފަ އެވެ. އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާއިން އިރަނަށް ހަމަލާ ދިނުމުގެ ޕްލޭނަށް ރުހުން ދީފަ އެވެ. އެކަމަކު އެ ޕްލޭން ތަންފީޒު ކުރަން ފެށުމާ މެދު ގޮތެއް ނިންމަން ޓްރަމްޕް ވަނީ ދެ ހަފުތާގެ މުއްދަތެއް ދެއްވައިފަ އެވެ. 

މިދިޔަ އަންގާރަ ދުވަހު އޭނާ ވިދާޅުވީ އިރާނުގެ ވައިގެ ސަރަހައްދުގެ ހުރިހާ ކޮންޓްރޯލެއް އެމެރިކާ އަށް ލިބިއްޖެ ކަމަށެވެ. އަދި ޝަރުތަކާ ނުލައި އިރާނުން އަމާން ދިނުމަށް ވެސް ޓްރަމްޕް ގޮވާލެއްވި އެވެ.

ޓްރަމްޕްގެ ވާހަކަ އަށް އީރާނުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއީ ރައްދު ދެއްވައި ވިދާޅުވީ، ގަދަބަދަވިކަން ދައްކައިގެން އެއްވެސް ބަޔަކަށް އިރާނުގެ ބޯގުދު ނުކުރެވޭނެ ކަމަށެވެ. އެ ގައުމުން އަމާން ވެސް ނުދޭނެ ކަމަށް ހާމަނައީ ވިދާޅުވި އެވެ.

އިރާނުގެ ލީޑަރު ވިދާޅުވި ގޮތުގައި އެމެރިކާއިން އިރާނަށް ހަމަލާ ދީފި ނަމަ އޭގެ ބަދަލު އެމެރިކާ އަށް ވެސް އިރާނުން ދޭނެ އެވެ. 

ހާމަނީ އަވަހާރަކޮށްލުމަކީ ހުޅަގުން ބޭނުންވާނެ ގޮތް ކަމަށް ހުދު އީރާން މަސްދަރުކުން ވެސް ގަބޫލުކުރެ އެވެ. އެ ސަބަބަށްޓަކައި ހާމަނާއީގެ ސެކިއުރިޓީ އަކީ އީރާން އަސްކަރީ އަދި ހަތިޔާރު އެޅި ސިފައިންގެ ގެ އެންމެ މުހިންމު މަސައްކަތެވެ.

ހާމަނާއީއަކީ އީރާންގެ އަސްކަރިއްޔާގެ ޗީފް ކޮމާންޑަރެވެ. އަދި އެ ގައުމުގެ ރިވޮލިއުޝަނަރީ ކޮމާންޑްގެ ކޮންޓްރޯލް އޮންނަ ހާމަނާއަކީ އީރާންގައި މިވަގުތު ހުންނެވި އެންމެ ބާރުގަދަ ލީޑަރެވެ.

އިސްރާއީލާއި އީރާނުން ހަމަލާތައް ބަދަލުކުރަމުންދާތާ، ހަ ދުވަސްވެފައިވާއިރު، މިއަދުވެސް ދެ ފަރާތުން ވަނީ ވަރުގަދަ ވައިގެ ހަމަލާތައް ދީފަ އެވެ.

އީރާނުގެ ނިއުކްލިއާ އަދި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތައް ފުރަތަމަ ދޭން ފަށާފައި ވަނީ މިދިޔަ ހުކުރު ދުވަހު އިސްރާއީލުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް