ads
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް
ކައުންސިލުތަކަށް ދޭ 5 ޕަސަންޓުވެސް ހުސްކޮށްލަން މަސައްކަތްކުރޭ: ނާޒިލް
ކައުންސިލުތަކަށް ބަޖެޓުން ދޭ 5 ޕަސަންޓުވެސް ހުސްކޮށްލަން ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
Advertisement

ފުވައްމުލަކުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ، ދެވަނަ އަހަރުގެ ބަޖެޓު ސަރުކާރުން ހުސްކުރަމުންދާއިރު ކޮށްދެވުނު ކަމެއް ނެތްކަމަށާއި ކުރަމުން އައި ކަންކަންވެސް ހުއްޓިފައިވާކަމަށެވެ.

ނާޒިލް ވިދާޅުވީ ބަޖެޓުގެ 95 ޕަސަންޓު ބޭނުންކުރަނީ ސަރުކާރުންކަމަށްވާއިރު، ކައުންސިލުތަކަށް ދޭ 5 ޕަސަންޓު ހުސްނުކުރެވޭތީ ސަރުކާރުން މަސައްކަތްކުރަމުންދަނީ އެ ފައިސާވެސް ހުސްކޮށްލުމަށްކަމަށެވެ. ހަގީގަތުގައި ލާމަރުކަޒީ ނިޒާމަށް ގެނައުމަށް މަސައްކަތްކުރާ ބަދަލުތަކާއި ކައުންސިލުތަކުގެ ސައިޒު ކުޑަކުރުން ފަދަ މަސައްކަތްތަކަކީ ކައުންސިލުތަކަށް ދޭ 5 ޕަސަންޓުގައި އަތް ނުލެވިގެން ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ނާޒިލް ތުހުމަތުކުރެއްވިއެވެ.

މީގެއިތުރުން ނާޒިލް ވިދާޅުވީ، ބަޖެޓުން ކުރަމުންދާ ބޭނުންތަކާ ގުޅޭ މައުލޫމާތުތައް ސާފުކޮށްދެވޭނެ ވަޒީރެއްވެސް ނެތްކަމަށާއި ރައީސް އޮފީހުގައިވެސް އެކަން ކޮށްދެވޭނެ ބޭފުޅެއް ނެތްކަމަށެވެ. ގެނައުމަށް މަސައްކަތްކުރަމުންދާ ބަދަލުތަކަށް ރައްޔިތުން އާނބަސް ބުނެގެން ނުވާނެކަމަށާއި، އެކަމަށް ފުރުސަތު ދީފިނަމަ ކުރިއަށް އޮތް އިންތިހާބުތައް ރައްޔިތުންނާ ހިސާބުން ގެއްލި ހިނގައިދާނެކަމަށް ނާޒިލް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް