
މީގެ ތެރެއިން ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އަންދާޒާކޮށްފައިވާ އަދަދަށްވުރެ 12.1 ޕަސަންޓު އިތުރު އަދަދެކެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޑިޕާޗާ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާ 2023 ވަނަ އަހަރާ އަޅާބަލާއިރު 15 ޕަސަންޓު އިތުރުވެފައިވެއެވެ. 2023 ވަނަ އަހަރު ލިބިފައިވަނީ 988 މިލިއަން ރުފިޔާއެވެ. މި އިތުރުވުން އައިސްފައިވަނީ މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުން 8.76 ޕަސަންޓު އިތުރުވެ، ރާއްޖޭގެ އެއާޕޯޓުތަކުން ރާއްޖެއިން ބޭރަށް ފުރި ފަސިންޖަރުންގެ އަދަދު 10 ޕަސަންޓު އިތުރުވުމުގެ ސަބަބުންނެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައިވެސް ދައުލަތަށް 1.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 14.3 ޕަސަންޓު އިތުރު އަދަދެކެވެ. މީރާގެ ރިޕޯޓުގައި ބުންޏެވެ. 2024 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 2،046،615 ޓޫރިސްޓުންނެވެ. މިއީ 2023 ވަނަ އަހަރަށްވުރެ 8.9 ޕަސަންޓު އިތުރު އަދަދެކެވެ.