ads
އާ ޓާމިނަލް ހުޅުވަން ކައުންޓް ޑައުން ފެށުމުގެ ތެރެއިން
ވެލާނާ އެއަރޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ކައުންޓްޑައުން ރަސްމީކޮށް ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޕެސެންޖަރ ޓާމިނަލް ހުޅުވުމުގެ ކައުންޓްޑައުން މިއަދު ރޭ ރަސްމީކޮށް ފަށައިފިއެވެ.
Advertisement

މި ކައުންޓްޑައުން ފަށައިދެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދެވެ.

މިއީ ރާއްޖޭގެ ޓޫރިޒަމް އަދި އިގްތިސާދަށް އާ ދައުރެއް ފެށުމުގެ ގައުމީ މުހިންމު ހިނގުމެއްކަމަށް އެމްއޭސީއެލް އިން ބުންޏެވެ. ކައުންޓްޑައުން ރަސްމީކޮށް ފެށުމުގެ ހަފްލާގައި އެމްއޭސީއެލްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ހަފްލާގައި ހާމަކުރެވުނު ގޮތުގައި ޓާމިނަލް ހުޅުވުމަށް މިހާރު ވަނީ 35 ދުވަސް ބާކީ އޮތްކަން ފާހަގަކޮށްފައިވެއެވެ.

އާ ޕެސެންޖާ ޓާމިނަލަކީ ރާއްޖޭގެ މައި ވައިގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މުހިންމު ބައެއްކަމަށް ވެފައި، މިއީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނައިރު، އާ ޓާމިނަލްއިން އެއަރޕޯޓުގެ ހިދުމަތްތައް ފުޅާކޮށް، ގިނަ މީހުންނަށް ހިދުމަތް ދެވޭނެ ކަމަށް ބެލެވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް