އެންސްޕާއިން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިހާރު ޖުމްލަ 14،144 މީހުން ހިމެނެއެވެ. މީގެ ތެރޭގައި މިދިޔަ މަހު އަލަށް 156 މީހަކު ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާކަމަށް އެންސްޕާއިން ބުނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ފޯރުކޮށްދޭ މާލީ އެހީތެރިކަމުގެ ދަށުން މިދިޔަ މެއި މަހު 50،768،00 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ދޭން ފެށީ 2011 ވަނަ އަހަރުއެވެ. ނުކެޅުންތެރިންކަން ހުންނަ ފަރާތްތަކަށް ދެމުން ގެންދިޔަ އެލަވަންސް އޭގެ ފަހުން 2023 ވަނަ އަހަރުން ފެށިގެން، ވަނީ 3,000 ރުފިޔާއަށް އިތުރުކޮށްފައެވެ.