ads
އަނަސް
އަނަސް މަރުގައި ހިމެނޭ ގްރޫޕު އެންމެ ފަހުން ބަންދުކުރަން އަމުރުކޮށްފި
އަނަސް މަރުގައި ހިމެނޭ ގްރޫޕު އެންމެ ފަހުން ބަންދުކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
Advertisement

މީގެ ހައެއްކަ އަހަރު ކުރިން، ދުޝްމަނެއް ކަމަށް ހީކޮށް އޮޅިގެން ގޭންގެއްގެ ބަޔަކު، ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހަމަލާދީ މުހައްމަދު އަނަސް މަރާލުމުގެ ތުހުމަތު އޮތް މީހުން ބަންދުކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރުކުރީ، އެ މައްސަލަ ބެލި ފަނޑިޔާރުންގެ އަގްލަބިއްޔަތުންނެވެ. 

މި މައްސަލައިގައި އެ މީހުން ބަންދު ކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރު ކުރީ، ދެވަނަ ފަހަރަށް އެ މައްސަލަ ހުށަހެޅުމުންނެވެ.

ހައި ކޯޓުގެ ޝަރީއަތް ނިމެންދެން ހަތް މީހުން ބަންދުކުރުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރީ، ދެވަނަ ފަހަރު ހައި ކޯޓުން ނިންމި ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ބަލައި ނިންމުމަށް ފަހުގަ އެވެ.

މި މައްސަލައިގައި މިދިޔަ އަހަރުގެ ފެބްރުއަރީގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ އެކަކުގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށެވެ. އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށް، އެ މީހުން ބަންދުކޮށްދޭން އެދުނު ނަމަވެސް ހައިކޯޓުން އެ އަމުރު ނެރެނުދިނެވެ. އެކަމާ ގުޅިގެން ދެ ފަހަރު މަތިން ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅިއެވެ.

ލިޓަސް ސާވިސް ސެންޓަރުގައި 2017 ވަނަ އަހަރުގެ ޖުލައި މަހު އަނަސް މަރާލި މައްސަލައިގައި ހަތް މީހަކާ ދެކޮޅަށް ދައުލަތުން ދައުވާ އުފުލާފައިވެއެވެ. އޭގެ ތެރޭގައި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި، މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވެއެވެ. އަދި ލ. ގަން ތުނޑި ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި، ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އަދި ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައިވެއެވެ.

އަނަސްގެ މަރާ ގުޅިގެން ހަތް މީހުންގެ އިތުރުން ކުޑަކުއްޖަކާ ދެކޮޅަށްވެސް ދައުވާ ކޮށްފައިވެއެވެ. އެ ކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް ހައި ކޯޓުން ކުރިން އިއްވާފައިވީނަމަވެސް، އެ ހުކުމް ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލުއިކޮށްދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް