ads
މާލޭގައި އަލަށް ބެހެއްޓި ޕްލާންޓް ބޭނުންކުރަން ފެށުމުގެ ތެރެއިން
ދުވާލަކު 1،000 ޓަނުގެ ފެން އުފެއްދޭ އާ ޕްލާންޓެއް މާލެއަށް
ދުވާލަކު 1،000 ޓަނުގެ ފެން އުފެއްދޭ އާ ޕްލާންޓެއް މާލޭގައި ބަހައްޓައިފިއެވެ.
Advertisement

މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނީ މާލޭގައި މި ފެން ޕްލާންޓް ބެހެއްޓީ އެ ކުންފުނީގެ މަި މަރުކަޒުގައިކަމަށެވެ. 

މި ޕްލާންޓުން ދުވާލަކު 1000 ޓަނުގެ ފެން އުފެއްދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މި އާ ޕްލާންޓާ އެކު މާލޭގައި ދުވާލަކު 28،000 ޓަނުގެ ފެން އުފެއްދޭނެ ކަމަށް ވެސް އެމްޑަބްލިޔުއެސްސީ ބުނެއެވެ.

މާލެއާއި ހުޅުމާލެއާ ދެމެދު އަޅާފައިވާ ފެނުގެ ވިއުގަ ޓެސްޓްކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީ އިން އަންނަނީ ކުރަމުންނެވެ. 

މާލެއާއި ހުޅުމާލެއާ ދެމެދު މީރު ފެން ދައުރުކުރެވޭ ގޮތަށް ސިނަމާލޭ ބްރިޖުގައި އަޅާފައިވާ ހޮޅިން ފެން ގުޅާލުމުގެ މަސައްކަތް ފެށީ 2018 ގައެވެ. އެހެންނަމަވެސް މިހާތަނަށް އެ މަސައްކަތް ކުރިޔަށް ގޮސްފައެއް ނުވެއެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ކުރިން ވިދާޅުވީ އެ ހޮޅި ސާފުކޮށް މާލެއާ ހުޅުމާލެ ކޮޅުން މިހާރު ގުޅާލާފައިވާ ކަމަށެވެ. އަދި ވަގުތީ ގޮތުން މިހާރު 3000 ޓަނުގެ ފެން އެ ހޮޅި މެދުވެރިކޮށް ދައުރުކުރަމުންދާނެކަމަށާއި މި މަސައްކަތް ނިމޭއިރު 20،000 ޓަނުގެ ފެން މާލެއިން ހުޅުމާލެއަށް ހޮޅި މެދުވެރިކޮށް ފޮނުވާނެކަމަށް މަތީން ވިދާޅުވިއެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް