2021 ވަނަ އަހަރު އެކުލަވާލި މިނިވަންވޭޖް ގާނޫނު ބުނާގޮތުން ކޮންމެ ދެ އަހަރަކުން އެއް އަހަރު އެ އަދަދު ރިވިއުކުރަންޖެހެއެވެ. އެހެންނަމަވެސް 2023 ވަނަ އަހަރުގެ ނޮވްމެބަރަށް މިހާރު ދޭ މިނިވަން ވޭޖް ރިވިއުކުރަން ޖެހުނު ނަމަވެސް މިހާތަނަށް ރިވިއުކޮށްފައެއްނުއެވެ.
ރައްޔިތުން މަޖިލީހުގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަބާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ މިނިވަން ވޭޖް ރިވިއުގެ މަސައްކަތް ނިމިފައި ނުވަނީ މިދިޔަ ސަރުކާރުން އެ މަސައްކަތްކޮށްފައިނުވާތީ ކަމަށެވެ. މީގެއިތުރުން އެކަމަށް ބޭނުންވާ ޓެކްނިކަލް މުވައްޒަފުން އަލުން ހަމަޖައްސަން ޖެހުމަކީވެސް ރިވިއު ލަސްވި ސަބަބެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަންއާ ގުޅިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ މަސައްކަތް ކުރަނީ ދެ ފިޔަވައްސެއްގެ ދަށުންކަމަށް މިނިސްޓާރު ވިދާޅުވިއެވެ.
އެންމެ ލަސްވެގެން އަންނަ ޑިސެމްބަރުގެ ނިޔަލަށް މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް ނިންމައިލެވޭނެ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.
ހަތަރު ކެޓަގަރީއަކުން މިނިމަމް ވޭޖް ވަނީ ކަނޑައަޅައިފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;