ads
ސޯނަމް
ހަނީމޫންގައި ފިރިމީހާ މަރާލި މައްސަލަ: ހެކި ފޮރުވުމުގައި އެހީތެރިވި ދެ މީހަކު ހައްޔަރު
އިންޑިއާގެ މެގަލާޔާ ޕޮލިހުގެ ސްޕެޝަލް އިންވެސްޓިގޭޝަން ޓީމް (އެސްއައިޓީ) އިން އިންޑޯ ވިޔަފާރިވެރިއެއްކަމުގައިވާ ރާޖާ ރަގުވަންޝީގެ ހަނީމޫނުގައި އުޅެނިކޮށް މަރައިލުމާއި ގުޅުންހުރި ހެކި ފޮރުވުމުގައި އެހީތެރިވެފައިވާ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
Advertisement

މި ދެ މީހުންނަކީ ރިއަލް ސްޓޭޓު ވިޔަފާރީގައި އުޅޭ ސިލޯމް ޖޭމްސް އަދި ސެކިއުރިޓީ ގާޑެއް ކަމުގައިވާ ބަލާ އަހިރްވާއެވެ. ޖޭމްސް ހައްޔަރުކުރެވުނީ ބޯޕާލަށް ފިލަން އުޅެނިކޮށް ބޮންރާސާ ޓޯލް ގޭޓުންނެވެ.

އީސްޓް ކާސީ ހިލްސް އެސްޕީ ވިވެކް ސީއެމް ބުނީ ޖޭމްސްއަކީ މި މައްސަލައިގެ މައިގަނޑު ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އެކަކު ކަމުގައިވާ ވިޝާލް ސިންގް ޗައުހާނަށް ފުލެޓެއް ކުއްޔަށް ދިން މީހެއް ކަމަށާއި، ސީސީޓީވީ ފުޓޭޖުން ދައްކާގޮތުން ޖޭމްސްއަކީ ފިރިމީހާ މަރާލުމަށްފަހު ސޯނަމްގެ ފޮށި ފުލެޓުން ނެރެފައިވާ މީހެއް ކަމަށެވެ. މި ފޮށީގައި އަގުބޮޑެތި ގަހަނާ، ލެޕްޓޮޕް އަދި މަރުގެ ހާދިސާއާ ގުޅުންހުރި ހަތިޔާރެއް ވެސް ހިމެނޭކަމަށް ބެލެވެއެވެ.

your imageސޯނަމް އޭނާގެ ފިރިމީހާ ރާޖާ ރަގުވަންޝީ ހަނީމޫންގައި މަރާލާފައިވަނީ ރާޖް ކުޝްވާހާ އާއި ގުޅިގެން ކަމަށް ތުހުމަތުކުރެވޭ

މި ދެ މީހުން ހައްޔަރުކުރުމާއެކު މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންގެ އަދަދު 7 އަށް އަރާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ އޭނާގެ އަނބިމީހާ ސޯނަމް ރަގުވަންޝީ، އަނބިމީހާގެ ލޯބިވެރިޔާ ކަމަށް ބެލެވޭ ރާޖް ކުޝްވާހާ އަދި އޭނާގެ 3 ރަހުމަތްތެރިންނާއި މި ރޭ  ހައްޔަރުކުރެވުނު ދެ މީހެކެވެ.

ސޯނަމް އޭނާގެ ފިރިމީހާ ރާޖާ ރަގުވަންޝީ ހަނީމޫންގައި މަރާލާފައިވަނީ ރާޖް ކުޝްވާހާ އާއި ގުޅިގެން ކަމަށް ތުހުމަތުކުރެވެއެވެ. މަރުގެ ހާދިސާ ހިނގާފައިވަނީ މޭ 23 ވަނަ ދުވަހު ސޯރާގައި ހުރި ވައިސަވްދޮންގް ފޯލްސް ކައިރީގައެވެ. ރާޖާގެ ހަށިގަނޑު ހޯދިފައިވަނީ ޖޫން 2 ވަނަ ދުވަހު ކަމަށް ޕޮލިހުން ބުނެއެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް