ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އިސްރާއީލްގެ މިހާރުގެ ހާލަތު
ހަނގުރާމަ ފެށުމުން ތެލާއި ޑޮލަރުގެ އަގު ބޮޑުވެއްޖެ
އިޒްރޭލާއި އިރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުތަކާއި އެމެރިކާ ޑޮލަރުގެ އަގު ވަރަށް ބޮޑަށް މަތިވެއްޖެ އެވެ.
Advertisement

މި ހަނގުރާމަ ފެށުނީ މި އަހަރުގެ ޖޫން މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ވައިގެ ހަމަލާތަކެއް ދިނުމާއި ގުޅިގެންނެވެ. މިހަގުރާމައިގެ ސަބަބުން ދުނިޔޭގެ ތެޔޮ ފޯރުކޮށްދިނުމުގެ ބޮޑު ބައެއް އުފުލުމަށް ބޭނުންކުރާ މުހިންމު މަގެއް ކަމަށްވާ ސްޓްރެއިޓް އޮފް ހޯމޫޒް ބަންދުކޮށްލާނެ ކަމަށް އިރާނުން އިންޒާރު ދިނުމުން ތެލުގެ އަގުތައް ވަނީ މަތިވެފަ އެވެ.

މި ހަގުރާމައިގެ ސަބަބުން އެމެރިކާ ޑޮލަރުގެ އަގު އެހެން ބޮޑެތި ފައިސާތަކާ އަޅާ ބަލާއިރު ވަނީ ވަރަށް ބޮޑަށް މައްޗައް ގޮއްސަ އެވެ. އަދި ބްރެންޓް ކްރޫޑް ތެލުގެ އަގު ވަނީ ފީފާ ބެރަލަކަށް 98 ޑޮލަރަށް އުފުލިފަ އެވެ. ހޮރުމޫޒު ކަނޑައޮޅި ބަންދުކޮށްފި ނަމަ ތެލުގެ އަގު ފީފާއެއް 100 ޑޮލަރަށް ވުރެ މައްޗަށް ދާނެ ކަމަށް، ދިރާސާކުރާ ފަރާތްތަކުން ލަފާކުރެ އެވެ. އަދި އެމެރިކާ ޑޮލަރު ވަނީ ބޮޑެތި އެހެން ކަރަންސީތަކާ އަޅާ ބަލާއިރު 2.4 އިންސައްތަ އިތުރަށް ބޮޑުކޮށްފަ އެވެ. އިންވެސްޓަރުން ދަނީ ފައިސާ، ރައްކާތެރި މުދަލަށް ބަދަލުކުރަމުންނެވެ.

ސްޓްރެއިޓް އޮފް ހޮރުމޫޒު އަކީ ތެޔޮ ފޮނުވުމަށް މުހިންމު ދަތުރުމަގެއް ކަމަށްވާ އިރު، ދުނިޔޭގެ ތެލުގެ 20 އިންސައްތަ އެ މަގުން ދަތުރުކުރާ ތަނެވެ. މި ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުން އިތުރަށް ފުޅާވެ، ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އުފެދިފައިވާކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިޔަ ނަމަވެސް ރާއްޖޭގެ ބާޒާރުގައި ވިއްކާ ތެލުގެ އަގު އެސްޓީއޯއިން އަދި ބޮޑެއް ނުކުރެ އެވެ. ރާއްޖެ އަށް ތެލާއި ޕެޓްރޯލް އެންމެ ގިނައިން އެތެރެކުރަނީ އެސްޓީއޯއިންނެވެ. އެހެން ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ކަނޑައަޅަނީ އެ ކުންފުނިންނެވެ.

ޑޮލަރުގެ އަގު ނުމުނު ހަފްތާގައި 19 އަށް ކަޅު ބާޒާރުން ލިބެން ހުއްޓަސް މިއަދު ޑޮލަރު ވިއްކާ ގްރޫޕްތަކުގައި މިއަދު ޑޮލަރު ގަންނަން ލިބެންހުރީ 19.50 އަށެވެ. މިކަމުގެ ގެއްލުން މުދާ އެތެރެކުރާ ވިޔަފާރިތަކަށްކޮށް މުދަލުގެ އަގު ބޮޑުވުން ވަރަށް ގާތެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް ބަލައި އެކަމުން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރުތައް ގާތުން ބަލަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވަނީ ވިދާޅުވެފައި އެވެ.

ޒަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތެލުގެ އަގުތަކާއި ރާއްޖޭގެ ފުޑް ސެކިއުރިޓީ އާއި މާލީ ގޮތުން ގެންނަން ޖެހޭ ހަމަޖެހުންތައް ގެނައުމަށްޓަކައި ހާލަތު ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށެވެ.

އިރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް އަމަލީ ގޮތުން އެމެރިކާއިން ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެމެރިކާއިން އީރާނަށް ދިން ހަމަލާގެ ބަދަލުގައި އެގައުމުން ވަނީ ގަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ރޭ ހަމަލާ ދީފަ އެވެ. 

އެއާ އެކު ގަތަރާއި ޔޫއޭއީ އާއި ސައުދީ ފަދަ ގައުމުތަކުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށް ވައިގެ ދަތުރުތައް ހުއްޓާލި އެވެ. ނަމަވެސް، ހާލަތު ބެލުމަށް ފަހު އަނެއްކާ ވެސް ވަނީ ގަތަރާއި ޔޫއޭއީން ވައިގެ ދަތުރުތައް އަލުން ފަށައިފަ އެވެ.

ރޭ ކުޑަ ވަގުތުކޮޅަކަށް ގަތަރާއި ޔޫއޭއީ ފަދަ ގައުމުތަކުގެ ވައިގެ ދަތުރުތައް ހުއްޓާލި އިރު އެ ސަރަހައްދަކީ ރާއްޖެއަށް އެންމެ ގިނަ އިން ޓޫރިސްޓުން އުފުލާ އެއާލައިންތައް އޮތް ސަރަހައްދެ އެވެ. ހާއްސަކޮށް ޔޫރަޕްގެ މަންޒިލްތަކުން އެންމެ ގިނަ ޓޫރިސްޓުން އަންނަމުން ދަނީ ގަތަރު އެއާލައިނާއި އެމިރޭޓްސް އިންނެވެ. މިކަމުގެ ގެއްލުން މުޅި އިގްތިސޯދު ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖެ އަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް އިގްތިސޯދީ ދާއިރާގެ ބޭފުޅުން ވެސް އަންނަނީ ލަފާ ކުރަމުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް