
އަދި ކުރިއަށް ހުރި ވަގުތުތަކުގައި އެ ހަނގުރާމަ ހުއްޓާލުމަށް އަމަލުކުރަން ފަށާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޓްރަމްޕް އެގޮތަށް ވިދާޅުވީ ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ރޭ ހަމަލާދިންތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.
އިޒްރޭލުން އީރާންގެ ނިއުކްލިއާ އަދި އަސްކަރީ މަރުކަޒުތަކަށް ހަފުތާއެއް ވަންދެން ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައި ވަނިކޮށް އެމެރިކާ ވެސް އިޒްރޭލާ ބައިވެރިވެރިވެ ނިއުކްލިއާ ތިން މަރުކަޒަކަށް ވަނީ ބޮން އަޅައިފަ އެވެ.
އެއާ އެކު އީރާނުން ވަނީ އެކަމުގެ ބަދަލުހިފުމަށް، ގަތަރުގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ރޭ ހަމަލާ ދީފަ އެވެ. އެ ހަމަލާއާ އެކު މަސްރަހު ވަރަށް ބޮޑަށް ނާމާންވެ ގައުމުތަކުން ވަނީ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް ގޮވާލައިފަ އެވެ.
އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ އެއްބަސްވުމަކަށް އާދެއްވިޖެ ކަމަށް ޓްރަމްޕް ވިދާޅުވި ފަހުން އިސްރާއީލުން ހަމަލާއެއް ނުދޭނަމަ އީރާނުން ވެސް ރައްދު ދިނުމުގެ ނިޔަތެއް ނެތް ކަމަށެވެ.
އިޒުރޭލުން ތުމަތުކުރާ ގޮތުގައި އީރާންގައި އެތައް ސަތޭކަ ފޫޓު އަޑީގައި ނިއުކުލިއާ ބޮން ދަނީ އުފައްދަމުންނެވެ. އީރާނުން ނިއުކުލިޔާ ހަތިޔާރު އުފައްދަން އުޅޭ ކަމަށް ހުޅަނގާއި އިޒުރޭލުން ބުނާބުނުން އެ ގައުމުން ދޮގުކުރެ އެވެ.
އީރާން އާއި އިސްރާއީލްއާ ދެމެދު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން އީރާނުން 500 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރާލައިފަ އެވެ. އަދި އިސްރާއީލުން 24 މީހަކު މަރާލި އިރު، ދެ ގައުމުން ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަހަމްވެފަ އެވެ.