ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ޑރ ޝަމްހީދު
ރިޒާވުގައި ހުރީ ހަމައެކަނި ދަރަނި އަދާކުރުމަށް ހުރި ފައިސާ: ޝަމްހީދު
ރާއްޖޭގެ ރިޒާވުގައި މިހާރު ހުރީ ހަމައެކަނި ދަރަނި އަދާކުރުމަށް ބޭނުންކުރެވޭނެ ފައިސާ އެކަނި ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަމްހީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ހިންގުމަށް ފަށާ އަހަރު ދެބައިވެގެން ދިޔައިރު ވެސް އެއްވެސް ތަރައްގީގެ މަޝްރޫއެއް ކުރިޔަށް ނުދާ ކަމަށެވެ.

ޝަމްހީދު ވިދާޅުވީ 2025 އަހަރުގެ މެދަކާ ހަމައަށް ދިޔައިރު ދައުލަތަށް 16.9 ބިލިއަންގެ އާމްދަނީއެއް ލިބިފައިވާއިރު، ޖޫން މަހުގެ ނިޔަލަށް ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކޮށްފައި ވަނީ ކަނޑައެޅި ބަޖެޓުގެ 12 ޕަސަންޓު އެކަނި ކަމަށެވެ. ޝަމްހީދު އިތުރަށް ވިދާޅުވީ ދިވެހި ގައުމު މާލީ ގޮތުން އޮތް ހާލަތާ މެދު ވިސްނާލަން ޖެހޭކަމަށާއި އެހާ ބޮޑު އާމްދަނީއެއް ލިބިފައިވާއިރު ރައްޔިތުންނަށް ކުރި ފައިދާއަކާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ޝަމްހީދު ވިދާޅުވީ ދަރަނި ދެއްކުމަކީ ކޮންމެ ސަރުކާރެއްގައި ވެސް އޮންނަ މުއްދަތަކަށް އަދާކުރާ ޒިންމާއެއް ކަމަށާއި، މިއަހަރާއި އަންނަ އަހަރު ދައްކަން ޖެހޭ ބޮޑު ދަރަންޏާ މެދު ސަރުކާރުން އެއްވެސް މިންވަރަކަށް ވިސްނާތޯ ސުވާލު ކުރެއްވިއެވެ. އަދި މަޖިލީހުން ފާސްކޮށްފައިވާ ފޮރެކްސް ގާނޫނާއި މާލިއްޔަތާ ގުޅުންހުރި ދެ ގާނޫނުގެ ދަށުން ލިބޭނެކަމަށް ސަރުކާރުން ބުނަމުން އައި ފައިދާތައް އަދި މިހާތަނަށް ނުފެންނަ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް