ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އެމްއެމްއޭގެ ބޯޑުން ވަކިކުރި އިދުހާމް ހުސައިން: އޭނާ ވަނީ އެމްއެމްއޭގައި 35 އަހަރު މަސައްކަތް ކުރައްވާފަ - ފޮޓޯ: ޕީއެސްއެމް ނިއުސް
އެމްއެމްއޭގެ ބޯޑުން އިދުހާމް ވަކިކޮށްފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޯޑުން، އެ ބޭންކުގެ އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި އިދުހާމް ހުސެއިން ވަކިކޮށްފި އެވެ.
Advertisement

އޭނާ ބޯޑުން ވަކިކޮށްފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ. އޭނާ ވަކިކޮށްފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް މިހާތަނަށް އެމްއެމްއޭއިން ހާމަކޮށްފައެއްނުވެ އެވެ.

ކުރީގެ ރައީސް މުހަންމަދު ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސެއިންގެ ކޮއްކޮއެއް ކަމަށްވާ އިދުހާމްއަކީ އެމްއެމްއޭގައި މަސައްކަތް ކުރާތާ 35 އަހަރު ވެފައިވާ އެ އިދާރާގެ ދުވަސްވީ ތަޖުރިބާހުރި މުވައްޒަފެކެވެ.  

ފާހަގަކޮށްލެވޭ ގޮތުގައި މަރުކަޒީ ބޭންކުގެ ބޯޑާއި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންތަކެއް މި އަހަރުތެރޭ ވަރަށް ކައިރިކައިރީގައި އިސްތިއުފާދެއްވައިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް