
ފާއިތުވި ބާރަ ދުވަހު އީރާނާއި ޔަހޫދީން ބަދަލު ކުރަމުން ދިޔަ ޙަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާ ކަން އިއުލާން ކުރެއްވީ ޓްރަމްޕެވެ. ނަމަވެސް ދެ ފަރާތުން ވެސް ވަނީ އެއްބަސްވުން ތަންފީޒު ކުރަން ފެށި ފަހުން ހަމަލާ ބަދަލުކޮށްފައި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އެމެރިކާގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެ ދެ ގައުމަކީ ވަރުގަދައަށް ހަނގުރާމަ ކުރާތާ އެތައް ޒަމާނެއްވީ ދެ ގައުމު ކަމަށާއި މިހާރު ކުރެވޭނުކުރެވޭ ކަމެއް ވެސް ދެ ގައުމަށް ވެސް ނޭނގޭ ކަމަށެވެ.
ޓްރަމްޕް އެފަދައިން ވިދާޅުވީ، ލައިވްކުރަމުންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަރަށް ހުތުރު ބަހެއް ވެސް ވިދާޅުވަމުންނެވެ.
ނޫސްވެރިންނާ ވާހަކަ ދެއްކެވި ވަގުތު ޓްރަމްޕު ކޯފާ އިސްވެފައި ހުރި މިންވަރުން ވަނީ ހުތުރު ބަހުން ވެސް ވާހަކަ ދައްކަވައިފަ އެވެ.
އިޒްރޭލުން އިރާނަށް ހަމަލާ ދިނީ، އިރާނުން ނިއުކްލިއާ ހަތިޔާރު ތައްޔާރު ކުރަމުންދާ ކަމަށް ބުނެ އެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށްވެ އެވެ. އެމެރިކާގެ އިންޓެލިޖެންސް އިދާރާއިން ވެސް ބުނަނީ، ނިއުކްލިއާ ހަތިޔާރު ތައްޔާރު ކުރުމުގެ މަސައްކަތް އިރާނުން ނުކުރާ ކަމަށެވެ. ނަމަވެސް އިންޓެލިޖެންސްއިން އީރާން މައްސަލާގައި ދޭ ލަފާ ޓްރަމްޕް ގަބޫލެއް ނުކުރައްވަ އެވެ.