ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މާލޭ ސިޓީ ކައުންސިލްގެ އާ އެސްޖީ މުހައިމިން
މާލޭ ސިޓީ ކައުންސިލްގެ އެސްޖީކަމަށް މުހައިމިން
މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއަކަށް އަބްދުލްމުހައިމިން ނަސީރު ހަމަޖައްސައިފި އެވެ.
Advertisement

މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއަކަށް އަބްދުލްމުހައިމިން ނަސީރު މި ހަމަޖެއްސީ، ކުރިން އެ މަގާމުގައި ހުންނެވި ވަޖީހު ނަސީރު މަގާމުން ވަކިކުރުމަށް ފަހު އެވެ. ވަޖީހު މަގާމުން ވަކިކުރީ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ހިތް ހަމަ ނުޖެހި އަޑުގަދަކޮށް ހޫނުވި ޖަލްސާއެއްގައި ވޯޓަށް އަހައެވެ. އެ މައްސަލަ މިހާރު އޮތީ ޝަރީއަތުގެ މަރުހަލާގައެވެ.

މާލޭ ސިޓީ ކައުންސިލްގެ އެސްޖީގެ މަގާމަށް މި ފަހަރު ކުރިމަތިލާފައިވަނީ ހަތަރު ބޭފުޅެކެވެ. އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބިފައިވަނީ މުހައިމިން އަށެވެ. އޭނާ ކުރިން ހުންނެވީ އެ ކައުންސިލްގެ ޑިރެކްޓާ ޖެނެރަލް (ޑީޖީ)ގެ މަގާމުގަ އެވެ. އެ މަގާމަށް މުހައިމިން އައްޔަން ކުރަން ނިންމީ މިއަދު ބޭއްވި އެ ކައުންސިލް ބައްދަލުވުމުގައި ނެގި ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް މުސާރައިގެ ގޮތުގައި 20،500ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000ރ. އާއެކު ޖުމުލަ 35،500ރ. ލިބޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް