ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރައީސް މުއިއްޒު: ހިޖުރައިގެ ދަތުރުފުޅަކީ މި ޒަމާނަށް ވެސް އޮތް ފިލާވަޅެއް ކަމަށް ވިދާޅުވި
ރައީސް ގޮވާލެއްވީ އިސްލާމް ދީނުގެ ވާފަށުގައި ބާރަށް ހިފަހައްޓަން
ދިވެހިންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެން ކަމަށާއި ރަސޫލާގެ ހިޖުރައިގެ ދަތުރުފުޅަކީ މި ޒަމާނަށް ވެސް އޮތް ފިލާވަޅެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ހިޖުރީ އާ އަހަރުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ ސަލާމާއި ސަލަވާތްލެއްވި އިތުރު ރަސޫލާގެ މާތް ސުންނަތުން ފެންނާން ހުރި ކޮންމެ ކަމަކީވެސް، ހުރިހާ ޒަމާނެއްގައި މުސްލިމުންގެ ތަމައްދުނަށް އަގުހުރި ފިލާވަޅުތަކެއް ކަމަށާއި މިފަދަ ކޮންމެ މުނާސަބަތެއްގައިމެ، ދިވެހި ރައްޔިތުން ޤަބޫލު ކުރަންވީ ހަގީގަތަކީ، ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެން ކަމަށެވެ.

"ދިވެހި މުޖްތަމައުގައި އޮތް ކޮންމެ ކަންބޮޑުވުމަކާއި، ރައްޔިތުން އެދޭ ކޮންމެ ފާގަތިކަމެއް ލިބުން އޮތީ އިސްލާމީ އުސޫލުގައި ދެމިތިބެގެން ކަމެވެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަދީނާއަށް ކީރިތި ރަސޫލާ ވަޑައިގެން އެންމެ އިސްކަން ދެއްވީ، މުހާޖިރިއްޔަ ބޭކަލުންނާއި އަންސާރުންގެ މެދުގައި މުއާހާތު ކުރައްވައި މުސްލިމުންގެ އެކުވެރިކަން ބަދަހިކުރައްވަން ކަމަށެވެ. އަދި މަދީނާގެ ސަރަހައްދުގައި ދިރިއުޅޭ އެހެން އަގީދާތަކުގެ އަހުލުވެރީންނާ އެކު ސުލްހައިގެ އެއްބަސްވުންތައް ގާއިމު ކުރައްވައި، އެކި ފިކުރުތަކުގެ މީހުންނާ ލާމެހި މަސަލަސްކަމާއެކު ދިރިއުޅުމުގެ ނަމޫނާ ދެއްކެވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރަސޫލާގެ ސުންނަތުން ފެންނާން ހުރި ކޮންމެ ކަމަކީވެސް ހުރިހާ ޒަމާނެއްގައި މުސްލިމުންނަށް އަގުހުރި ފިލާވަޅުތަކެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް