ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ޗައިނާ ޑިވެލޮޕްމަންޓް ބޭންކް (ސީޑީބީ) ގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުން
ޗައިނާއިން ބޯހިޔާވަހިކަމަށް ދޭ އެހީތެރިކަމަށް މިނިސްޓަރުގެ ޝުކުރު
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ޗައިނާ ޑިވެލޮޕްމަންޓް ބޭންކް (ސީޑީބީ) ގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދާއިރާއަށާއި އެހެނިހެން އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް އެ ބޭންކުން ދެމުންގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފިއެވެ.
Advertisement

މި ބައްދަލުވުން ބޭއްވުނީ ބެއިޖިންގައި މިހާރު ކުރިއަށްދާ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ ބޯޑު އޮފް ގަވަނަރުންގެ 10 ވަނަ އަހަރީ ބައްދަލުވުމުގެ ހަވާސާގައެވެ. މިނިސްޓަރު ޒަމީރު ވިދާޅުވިގޮތުގައި، މި ބައްދަލުވުމަކީ މިހާރު ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ދެ ފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު މުހިންމު ފުރުސަތެކެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ފަޒީލް ނަޖީބާއި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާގެ އިތުރުން މިނިސްޓްރީގެ އިސް އެހެން ބޭފުޅުންނެވެ. ސީޑީބީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އިންޓަނޭޝަނަލް ފައިނޭންޝަލް ބިޒްނަސް ޑިޕާޓްމަންޓުގެ ވައިސް ޕްރެޒިޑެންޓް ބައި ޝިޔުއަންއާއި އެ ބޭންކުގެ އެހެނިހެން ޑިޕާޓްމަންޓްތަކުގެ އިސްވެރިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް