ފައިނުގައި ރޭ ހިނގި ނުރަްްކާތެރި އެކްސިޑެންޓްވީ 18 އަހަރުން ދަށުގެ ދެ ކުދިން ދުއްވި ސައިކަލެއް ކަސްރަތަށް ނުކުމެ އުޅުނު ބައެއްގެ ގައިގައި ޖެހިގެންނެވެ. މި ދެކުދިން ދުއްވި ސައިކަލް ޖެހިފައިވަނީ 49 އަހަރުގެ މީހެއްގެ ގައިގައެވެ. އެއީ އެ ރަށު ސްކޫލްގެ ޓީޗަރަކެވެ.
އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް އެ މީހުންވަނީ ރ. އުނގޫފާރު ހޮސްޕިޓަލަށް ރޭ ގާތްގަނޑަކަށް 21:30 ހާއިރު ގެންގޮސްފަ އެވެ.
މި ހާދިސާގައި ސައިކަލުގައި ތިބި ދެ ކުދިންގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން ބުނެއެވެ. އަދި އިތުރު ފަރުވާއަށް އެ ދެކުދިން ވަނީ މާލެ ގެނެސްފައެވެ. މީގެއިތުރުން އަނިޔާ ޓީޗަރުވެސް ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.
މި ހާދިސާގައި އެކްސިޑެންޓުވި ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.