ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒު އިސްމާއިލް
އެމްޑީޕީގެ ރައީސާއި ޗެއާޕާސަންގެ މަގާމު އެއްކޮށްލަނީ
އެމްޑީޕީގެ ރައީސާއި ޗެއާޕާސަންގެ މަގާމު އެއްކޮށްލައި، އެ ޕާޓީ ހިންގުމާ ގުޅޭ މުހިންމު އިސްލާހުތަކެއް އަސާސީ ގަވާއިދަށް ގެންނަން ނިންމާފައިވާ އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
Advertisement

އެމްޑީޕީގެ ރައީސްގެ ގޮތުގައި މިވަގުތު ހުންނެވީ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. އޭނާ އެ މަގާމަށް ހޮވުނީ ވެރިކަން ބަދަުވި ފަހުންނެވެ. 

ޗެއާޕާސަން ފައްޔާޒު ވިދާޅުވީ ޕާޓީގެ އަސާސީ ގަވައިދަށް އެ ބަދަލުތައް ގެންނަން ނިންމާފައިވަނީ ދެން އެންމެ އަވަަހަށް ބާއްވާ ޕާޓީގެ ކޮންގްރެސްގައިކަމަށެވެ. މީގެ އިތުރުންވެސް ބައެއް ބަދަލުތައް އަސާސީ ގަވައިދަށް ގެންނަކަން ފާހްގަކުރައްވަމުން ފައްޔާޒު ވިދާޅުވީ އަސާސީ ގަވާއިދަށް އިސްލާހު ގެނައުމުގެ ރޯޑުމެޕެއް މިހާރު އެކުލަވާލާފައިވާކަމަށެވެ. 

ފައްޔާޒު ވިދާޅުވީ ޗެއާޕާސަންގެ މަގާމާއި ރައީސްގެ މަގާމު އެއްކޮށްލުމަކީ ބައެއް ބޭފުޅުންނަށް އެހާ ފަސޭހަ ބަދަލަކަށް ނުވެދާނެކަމަށެވެ. އެހެންނަމަވެސް އެއީ މުހިއްމު ބަދަލެއްކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.

" އަޅުގަނޑުމެން މިހާރު އެކުލަވާލާފައިވާ ރޯޑުމެޕްގައި އޮންނާނީ އެ ދެ މަގާމު އެއްކޮށްލާފައި ކޮންމެވެސް އެއް މަގާމެއްގެ ގޮތުގައި އެ ބަދަލުކުރަން. ވަރަށް މުހިންމު ބަދަލެއް. ބައެއް ބޭފުޅުންނަށް އެއީ އެހާ ފަސޭހަ ބަދަލަކަށް ވެސް ނުވެދާނެ ވިސްނަން. އެކަމަކު އަޅުގަނޑަށް ހީވަނީ އެމްޑީޕީގެ ކުރިމަގަށް ވަރަށް މުހިންމު ބަދަލެއްހެން." މިހާރު ޗެއާޕާސަން ފައްުޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން އަސާސީ ގަވައިދަށް ގެންނަން ނިންމާފައިވާ ބައެއް އިސްލާހުތަކުގެ ތެރޭގައި އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު އެމްޑީޕީ ހީނަރު ވާތީ ޕާޓީގެ ލީޑަރަކީ އެމްޑީޕީ އަށް ހުސްވެފައިވާ ބޭފުޅަކަށް ހެދުން ސަރުކާރުގެ އިސް މަގާމުތަކަށް އޭނާއަށް ކުރިމަތި ނުލެވޭ ގޮތް ހެދުން ވަނީ ހިމަނާފައެވެ. 

އެގޮތުން ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނަވާ ބޭފުޅެއްގެ މަގާމުގެ މުއްދަތުގެ ތެރޭގައި ކުރިމަތިވާ ރިޔާސީ އިންތިހާބަކަށް އެ ބޭފުޅަކަށް ކުރިމަތި ނުލެވޭނެ ގޮތް ހެދުން ހިމެނެއެވެ. 

މީގެއިތުރުން އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ އެ ޕާޓީގެ ލީޑަރަށް ސަރުކާރުގެ އެއްވެސް ވަޒީފާއަކަށް ނުދެވޭނެ ގޮތަށް ކަނޑައަޅަންވެސް ވަނީ ނިންމާފައެވެ. އޭގެތެރޭގައި ކެބިނެޓާއި ރައްޔިތުންގެ މަޖިލިހާއި މިނިވަން މުއައްސަސާތަކާއި ދައުލަތުގެ ކުންފުނިތަކުގެ މަގާމުތައް ހިމެނޭކަމަށް އެ އިސްލާހުގައިވެއެވެ. 

އެމްޑީޕީގެ ކޮންގްރެސް އަންނަ އޮގަސްޓް މަހުގެ 15 އިގެ ކުރިން ބާއްވަން ޖެހެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް