ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ހޯރަފުށީގައި އައިޑީކާޑް ޕްރިންޓްކޮށް ދޫކުރަން ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ހޯރަފުށީގައިވެސް އައިޑީކާޑް ޕްރިންޓްކުރަން ފަށައިފި
ހއ. ހޯރަފުށީގައިވެސް އައިޑީކާޑް ޕްރިންޓްކޮށް ދޫކުރަން ފަށައިފިއެވެ.
Advertisement

މިއަހަރުގެ ތެރޭގައި ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓު ހެދުމުގެ ހިދުމަތް ފެށުމަށް ސަރުކާރުން ނިންމާ އެ ޕްރޮގްރާމް އިފްތިތާހުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.  

މި ޕްރޮގްރާމްގެ ދަށުން ދިވެހި ރައްޔިތުން ކާޑް ޕްރިންޓްކޮށް ދޫކުރަން ފުރަތަމަ ފެށީ ގއ. ވިލިގިނލީގައެވެ. އެއީ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީކާޑު މާލެ ފިޔަވައި އެހެން ރަށެއްގައި ޕްރިންޓްކުރަން ފެށީ ފުރަތަމަ ފަހަރެވެ.

މި ޕްރޮގްރާމްގެ ދަށުން ހއ. ހޯރަފުށީގައި އައިޑީކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތާއި އެކު ހޯރަފުށީ ރައްޔިތުން މާލެ ނައިސް މިހާރު ރަށުގައި ތިބެ އައީޑީކާޑަށް އެދި އައީޑީކާޑު ނެގުމުގެ ފުރުސަތު ލިބޭނެއެވެ. 

ހޯރަފުށީގައި މި ހިދުމަތް ފެށުމުން ވެރިރަށް މާލެ ފިޔަވާ ރާއްޖޭގެ 23 ރަށަކުން އައިޑީކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް މިހާރު ލިބޭނެކަަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ބުނެއެވެ. 

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް