ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރައީސް މުއިއްޒު
ހަލާލް ޓޫރިޒަމް ފަށަން ރަށްތަކެއް ކަނޑައަޅަން ރައީސް ނިންމަވައިފި
ހަލާލު ޓްއަރިޒަމްއަށް ހާއްސަކޮށްގެން ރަށްތަކެއް ކަނޑައަޅުއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މުޅި ދުނިޔޭގައިވެސް ރާއްޖޭގެ ޓޫރިޒަމް މަޝަހޫރުވެފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ސިނާއަތް ކުރިއަރުވައި، ޓޫރިސްޓުން ރާއްޖޭގައި ކުރާ ތަޖުރިބާ އާއި މެހެމާންދާރީގައި ނަމޫނާއެއްގެ ގޮތުގައިކަމަށެވެ. 

ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ހަލާލު ފަތުރުވެރިކަން ތައާރަފްކޮށް އެކަމުގައި އެންމެ ކުރިއަރާފައިވާ އެއް ޤައުމަށްވުމަށް މަސައްކަތް ފަށާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެ މަސައްކަތުގެ ދަށުން ހަލާލު ފަތުރުވެރިކަމަށް ހާއްސަ ރަށްތަކެއް ތަރައްގީކުރުމަށް ނިންމަވާފައިވާކަން ރައީސް ވަނީ އިއުލާން ކުރައްވާފައެވެ. 

މިކަން ކުރާނީ އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކާއި ބޮޑެތި އިނާޔަތްތަކާއި ލުއިތަކެއް ލިބޭގޮތަށް ކަމަށާއި މިއީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތު ކުރުމުގައި ލިބޭނެ ބޮޑު އެހީތެރިކަމެއްކަމަށް ރައީސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

މި މަޝްރޫއުގެ އިތުރު ތަފްސީލު އަންނަ ހަފްތާގައި ޓްއަރިޒަމް މިނިސްޓްރީން އާންމު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެ އޮތީ ދުނިޔޭގެ ކަންކޮޅުތަކުން އިންވެސްޓްމަންޓްތައް ގެނެސް، އިންވެސްޓަރުންނަށް ހުޅުވާލަން ތައްޔާރުވެފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް