ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އެންވަޔަރަންމަންޓް މިނިސްޓަރު ލ އަތޮޅުގައި
ތިމާވެށި ރައްކާތެރިކަމަށް އިތުރު ފިޔަވަޅެއް: ޅ އަތޮޅާއި ލ އަތޮޅުގައި ބަޔޯސްފިއާ ރިޒާވް
ޅ އަތޮޅާއި ލ އަތޮޅުގައި ބަޔޯސްފިއާ ރިޒާވްތައް ކަނޑައެޅުމަށް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓްރީން މަސައްކަތް ފަށައިފިކަމަށް މިނިސްޓަރު ތޯރިގު އިބުރާހިމް ހާމަކުރައްވައިފިއެވެ.
Advertisement

މިނިސްޓަރު ތޯރިގު މިކަން ހާމަކުރެއްވީ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ލ. ގަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް 2028 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މިހާރު އޮތް 3 ބަޔޯސްފިއާ ރިޒާވްއާއި ހިމާޔަތްކުރެވިފައިވާ 92 ސަރަހައްދުގެ އިތުރުން، އިތުރު 3 ސަރަހައްދެއްގައި ބަޔޯސްފިއާ ރިޒާވް ހެދުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ. މިގޮތުން، ޅ އަތޮޅުގައި ބަޔޯސްފިއާ ރިޒާވް ކަނޑައަޅަން ބޭނުންވާ ހުރިހާ ދިރާސާތަކެއް މިހާރު ކުރިއަށްދާ ކަމަށާއި، ލ އަތޮޅުގައިވެސް ބަޔޯސްފިއާ ރިޒާވް ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއވެެ. 

ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވާ ގައުމެއްކަން ފާހަގަކުރައްވަމުން، ރާއްޖެ ޒިޔާރަތްކުރާ 80 ޕަސަންޓު ޓޫރިސްޓުންނަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން ބަލާލަން އަންނަ މީހުން ކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ. ވީމާ، ތިމާވެށި ހިމާޔަތްކޮށްގެން ނޫނީ ރާއްޖޭގެ ޓޫރިޒަމާއި އިކޮނޮމީ ކުރިއަށް ނުގެންދެވޭނެކަމަށާއި، ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރި ނާޒުކު ތިމާވެއްޓެއް ފޯރުކޮށްދިނުމަކީވެސް މިހާރުގެ ޖީލުގެ ވާޖިބެއްކަން މިނިސްޓަރު ވިދާޅުވިއެވެ. މީގެއިތުރުން ވަޒާރާއިން ކުރައްވާ މި މަސައްކަތުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސްކޫލްތަކުގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކުރައްވައި، ޓީޗަރުންނާއި ދަރިވަރުންނަށް ވެސް މިކަމުގައި ބައިވެރިވެ މަސައްކަތްކުރުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް