
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމްގައި ވާހަކަދައްވަމުން މިނިސްޓަރުގެ ވިދާޅުވީ، ކުލި ނުދެއްކުމަކީ ހަމައެކަނި ދައުލަތަށް އާމްދަނީ ނުލިބުމުގެ މައްސަލައެއްނޫންކަމަށާއި، އިތުރު ހައުސިން މަޝްރޫއުތައް ހިންގުމަށާއި އެހެނިހެން މަޝްރޫއުތަކަށް ބޭނުންވާ ފައިނޭންސިން ހޯދުމަށް ކުރިމަތިވާ ބޮޑު ދަތިކަމެއްކަމަށެވެ.
ސަރުކާރުން މަޝްރޫއުތައް ހިންގުމަށް ނަގާފައިވާ ލޯނުތައް ގަވާއިދުން ނުދައްކާނަމަ، އިތުރު މަޝްރޫއުތަކަށް ލޯނު ހޯދަން ދަތިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު މަޖިލީހަށް ފޮނުވާފައިވާ ހައުސިން ބިލު ފާސްވުމުން ކޯޓް މަރުހަލާއަށް ނުގޮސް ކުލި ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެކަމަށެވެ. އަދި ޖުލައި މަހުން ފެށިގެން 4000 ފްލެޓް ދޫކުރުމުގައި އެގްރިމެންޓް ކުރާނީ 25 އަހަރަށް ކުލި ދެއްކުމުން އެތަން ރަޖިސްޓްރީކޮށްދެވޭގޮތަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކުއްޔަށް ދޫކުރާ ތަނެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުން ކުލި ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ފަސޭހަވާނެކަމަށް ވެސް ވިދާޅުވިއެވެ.