ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރައީސް މުއިއްޒު ހެލްތު މިނިސްޓަރު ނާޒިމްއާއެކު
ރައީސް ވައުދުވީ ނަފްސާނީ ބަލިތަކުގެ ހޮސްޕިޓަލްގެ މަސައްކަތް ފަށަނީ
ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލެއް، ލ. އަތޮޅުގައި ގާއިމް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް އެ ހޮސްޕިޓަލުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށަން މަސައްކަތް ކުރައްވާ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވެއްޖެއެވެ.
Advertisement

ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހާއްސަ ހަސްފަތާލެއް ލ. އަތޮޅުގައި ތަރައްގީ ކުރައްވާނެކަން ރައީސްވަނީ މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާން ކުރައްވާފައެވެ. އެކަމަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައިވެސް ރައީސް ވައުދުވެޑައިގެންނެވި ކަމެކެވެ.

އޮންލައިން މީޑިއާއަކާ ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ ނާޒިމް ވިދާޅުވީ، ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލް ލ. ގަމުގައި އިމާރާތް ކުރުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށެވެ. ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު ވަރަށް ބޮޑުކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، މާ ގިނަ ދުވަސްތަކެއް ނުވެ އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ. މިއީ، އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.

އިންޑިއާގެ އެހީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެންމެ ފުރަތަމަ އުޅުނީ ގަމުގައި ކެންސަރު ހޮސްޕިޓަލް އިމާރާތް ކުރާށެވެ. ނަމަވެސް، އެ ވެރިކަމުގެ ދައުރު ނިމިގެން ދިޔައިރު ވެސް އަމަލީ މަސައްކަތް ނުފެށި އުޅެނިކޮށް، މި ސަރުކާރުން ނިންމީ ކެންސަރު ހޮސްޕިޓަލު މާލެ ސަރަހައްދަށް ބަދަލުކޮށް، ގަމުގައި މެންޓަލް ހެލްތު ހޮސްޕިޓަލް އަޅާށެވެ.

ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، ނަފްސާނީ ބަލީގެ ބައެއް ފަރުވާތަކަށް އާސަންދަ ލިބޭނެ އިންތިޒާމު މިހާރުވަނީ ހަމަޖެހިފައެވެ. އަމިއްލަ ކްލިނިކުތަކާއި ހޮސްޕިޓަލުތަކުން ފޯރުކޮށްދޭ ނަފްސާނީ ބަލީގެ ބައެއް ފަރުވާތައް އާސަންދަ ސްކީމުގެ ތެރެއިން ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ސައިކޮލޮޖިސްޓް ކޮންސަލްޓޭޝަން، ސައިކޮލޮޖިކަލް އެސެސްމަންޓުގެ އިތުރުން ސައިކޮލޮޖިކަލް ތެރަޕީ ހިމެނެއެވެ.

ނަފުސާނީބަލި ތަހައްމަލުކުރާ ފަރާތްތަކަށް ހާއްސަ ގައުމީ ހެލްޕްލައިނެއް މިހާރުވަނީ އިފްތިތާހުކޮށްފައެވެ. ނަފުސާނީބަލި ތަހައްމަލުކުރާ ފަރާތްތަކަށް ހާއްސަ ގައުމީ ހެލްޕްލައިންއަށް ގުޅޭނެ ނަމްބަރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1677 އެވެ.

ނަފްސާނީ ބަލިމީހުންނަށް ހާއްސަކޮށްގެން ވަކިން ހެލްޕްލައިނެއް އިފްތިތާހް ކުރެވިގެން ދިޔައިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މިސަރުކާރުން ނަފްސާނީ ބަލިމީހުންނަށް ފަރުވާ ފޯރުކޮށްދިނުމަށް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާނެ ކަމަށެވެ. ހެލްޕް ލައިނަކީވެސް އެމަނިކުފާނުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް