ads
ފައިނު އެކްސިޑެންޓުގައި އަނިޔާވި ދެ ކުދިންނާއި ޓީޗަރު މާލެ ފުރުވާލަނީ --ފޮޓޯ/ އުނގޫފާރު ޑޮޓްކޮމް
ފައިނު އެކްސިޑެންޓް، ޓީޗަރު އަދިވެސް ސީރިއަސް، ދެ ކުދިން ވެންޓިލޭޓަރުން ނަގައިފި
ރ. ފައިނުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ ކުދިންނާއި ވެންޓިލޭޓަރުން ނަގައިފިއެވެ.
Advertisement

ފައިނުގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ ދަރިވަރުންނާއި ޓީޗަރަކަށެވެ. 

ދެ ކުދިން ވެންޓިލޭޓަަރުން ނެގި ނަމަވެސް ޓީޗަރު އަދިވެސް އޮތީ ވެންޓިލޭޓަރުގައެވެ. އަދި އޭނާގެ ހާލު ސީރިއަސްކަމަށް އައިޖީއެމްއެޗުން ބުނެެއެވެ. އެނގިފައިވާ ގޮތުގައި ޓީޗަރުގެ މޭގެ ބައެއް ކަށިތައް ވެސް ވަނީ ބިނދިފައެވެ. 

ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްވީ 18 އަހަރުން ދަށުގެ ދެ ކުދިން ދުއްވި ސައިކަލެއް ކަސްރަތަށް ނުކުމެ އުޅުނު ބައެއްގެ ގައިގައި ޖެހިގެންނެވެ. މި ދެކުދިން ދުއްވި ސައިކަލް ޖެހިފައިވަނީ 49 އަހަރުގެ މީހެއްގެ ގައިގައެވެ. އެއީ އެ ރަށު ސްކޫލްގެ ޓީޗަރަކެވެ. 

އެކްސިޑެންޓަށް ފަހު އެމީހުންނަށް އެންމެ ފުރަތަމަ ފަރުވާދިނީ ރ. އުނގޫފާރު ހޮސްޕިޓަލްގައެވެ. އެހެންނަމަވެސް އިތުރު ފަރުވާއަށް މާލެ ގެނައީ ހުކުރު ދުވަހުގެ ހެނދުނުއެވެ. 

ހާދިސާގައި އެކްސިޑެންޓުވި ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް