ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އެސްއެމްއީ ހަބް އަށް މިނިސްޓަރު ސައީދު ޒިޔާރަތްކުރެއްވުން
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ބީސީސީން ވެބިނާ ސީރީޒެއް
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހާއްސަ ވެބިނާ ސީރީޒެއް ފަށައިފިއެވެ.
Advertisement

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަހާ ގުޅުވައިގެން ފަށާފައިވާ މި ވެބިނަރ ސީރީޒް ކުރިއަށްދާނީ މި ޖޫން މަހުގެ 29 އިން ޖުލައި މަހުގެ 2 އާ ހަމައަށެވެ.

މި ވެބިނާ ސީރީޒްގައި، ރައްކާތެރިގޮތުގައި ޑިޖިޓަލް މުއާމަލާތްތައް ކުރިއަށް ގެންދާނެ ގޮތާއި، ވިޔަފާރިތައް ކުރިއެރުވުމަށް މާލީ އެހީދޭ މުއައްސަސާތަކުން އެހީ ހޯދާނެ ގޮތްތަކާއި، މީރާއަށް ބަޔާން ހުށަހަޅާނެ ގޮތްތަކުގެ އިތުރުން އެހެނިހެން މުހިންމު މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީސީސީން ބުންޏެވެ. މި ވެބިނަރގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ރަޖިސްޓަރ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ބީސީސީން ނިންމީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު މި ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ފަހިކޮށްދިނުމަށް ކަމަށާއި، ބީސީސީން ވަނީ އެމްއެސްއެމްއީ ދުވަހާ ގުޅުވައިގެން އެކި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުންވެސް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. އެމްއެސްއެމްއީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް